ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގައި ވެރިކަން ކުރާނެ ވެރިއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި 2 ކެނޑިޑޭޓުން ކަމުގައި ވާ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާއްވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އެބުރު ޖުމްލަ 282،395 މީހުނަށް ވޯޓުލުމުގެ ޙައްޤުލި ބިފައިވެއެވެ. ނަމަވެސް ވޯޓުލާން ނުކުމެފައި ވަނީ މީގެ ތެރެއިން 225،486 މީހުންނެވެ. އެއީ %79.85 އެވެ.
ދެވަނަ ބުރުގައި ޖުމްލަ 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ހަވީރު 05:00 އަށެވެ. ހަވީރު ފަހެއްގެ ކުރިން ކިއުގައި ޖެހިފައިވާ އެންމެނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ކޮންމެ ވޯޓުފޮށްޓެއްވެސް ބަންދުކުރާތާ 30 މިނެޓު ފަހުން ގުނަންފަށާނެ ކަމަށްވެސް ކޮމިޝަނުން މައުލޫމާތުދެއެވެ.









































ކޮމެންޓު ފޮނުވާ