މާރުކޭޓު ސަރަހައްދުގެ މަސައްކަތްތެރީން ތިބީ ބަދަލަކަށް، މުއިއްޒު ހޮވުމަށް!

މާރުކޭޓު ސަރަހައްދުގެ މަސައްކަތްތެރީން ތިބީ ބަދަލަކަށް، މުއިއްޒު ހޮވުމަށް!

Author
މުޙައްމަދު ޝަޒައިމް
28 ސެޕްޓެމްބަރ 2023 07:47
0

ރިޔާސީ ކެމްޕޭންގައި މިއަދު ހަވީރު ޑރ. މުއިއްޒުވަނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި މަސްމާރުކޭޓަށް ވަޑައިގެން އެސަރަހައްދުގައި މަސައްކަތް ކުރާ މަސައްކަތްތެރިނާއި ބައްދަލު ކުރައްވާފައެވެ.

މުއިއްޒު ވަނީ މާރުކޭޓް ގޮޅިތަކަށް ވަކިވަކިން ކޮންމެ ގޮޅިއަކަށް ވަޑައިގެން އެގޮޅިގެ ވެރިފަރާތާއި ވާހަކަ ދައްކަވައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ. އަދި މަސްމާރުކޭޓުގައި މަސައްކަތް ކުރާ މަސްވެރިންނާއި، މަސްކެނޑުމުގައި ޢަމަލީ ގޮތުން ބައިވެރިވާ މަސައްކަތްތެރީންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.

މަސްވެރިންނާއި، އަދި ދަނޑުވެރިންގެ މާރުކޭޓުގައި މަސައްކަތް ކުރާ މަސައްކަތްތެރީންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު މުއިއްޒު ވިދާޅުވީ އެކަންކަމަށް ހައްލު ގެނެސް ދެއްވާނެ ކަމަށެވެ. މުއިއްޒު ވަނީ މަސްމާރުކޭޓައި، ދަތުރުވެރިންގެ މާރުކޭޓަށް ދާއިމީ ހައްލު ހޯދުމަށް މަލޭގެ މޭޔަރުގެ ހައިސިއްޔަތުންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ނަމަވެސް މިކަންކަމުގައި ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ނުދިނުމުގެ ސަބަބުން މިކަންކަމުގެ އަމަލީ މަސައްކަތް ވަނީ ކުރެވޭ ގޮތް ނުވެފައެވެ. ނަމަވެސް ސަރުކާރާއި ހަވާލުވެ ކަންކަން ކުރޭވެ ބާރުތައް ލިބުމުން މިކަންކަމަކީ ލަސްނުކޮށް ކޮށްދޭނެ އަދި ކުރެވޭނެ ކަންތައްތަކެއް ކަމަށް މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މުއިއްޒުދިންގޮޅިތައްބޮޑެތިކަމުން
އ އިބްރާހީމް
މިވަރެއްހަަަނެއް