ބަލިވާނެކަން ޔަގީންވާތީ ހަމަނުޖެހުން ހިންގުމަށް ދަނީ މަސައްކަތް ކުރަމުން، އެޖާގަ ނުދެއްވާ: ތޮލާލް

ބަލިވާނެކަން ޔަގީންވާތީ ހަމަނުޖެހުން ހިންގުމަށް ދަނީ މަސައްކަތް ކުރަމުން، އެޖާގަ ނުދެއްވާ: ތޮލާލް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީ ބަލިވާނެކަން ގަބޫލު ކުރެވޭތީ އިންތިޚާބު އޮންނަ ދުވަހު ހަމަ ނުޖެހުން ހިންގަމުމަށް އެމްޑީޕީން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި މުއިއްޒުގެ ކެމްޕޭން ޓީމުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ކޮންމެ ދުވަހު ނޫސްވެރިންނަށް މައުލޫމާ ދިނުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ތޮލާލް ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުންވެސް ބަލިވާނެކަން މިހާރު އެމްޑީޕީއަށް ޔަގީންވާ ކަމަށެވެ. ބަލިވާނެކަން ޔަގީންވުމުން މިހާރު މަސައްކަތް ކުރަމުންދަނީ ވޯޓުލާ ސަރަހައްދުގައި ހަމަނުޖެހުން ހިންގުމަށް ކަމަށް ތޮލާލް ވިދާޅުވިއެވެ.

ހަމަނުޖެހުން ހިންގައި އިންތިޚާބުގެ މަސްލަހަތު ނަގާލުމަށް ކުރާ މަސައްކަތަށް ރާއްޖޭގެ ހުރިހާ ވޯޓު ފޮއްޓެއް ކައިރީގައި ހަރަކާތްތެރިވާ ޕީޕީއެމް/ޕީއެންސީގެ އޮފިޝަލުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ތޮލާލް ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ވޯޓުލާން ފަށާ ވަގުތުން ފެށިގެން ވޯޓުލާ ނިމެންދެން ފޮށި ކައިރީގައި އަބަދުވެސް އޮފިޝަލުންތިބެ ހަމަނުޖެހުމަކަށް ޖާގަ ލިބޭނެ އެއްވެސް ކަމެއް ކުރުމަށް ފުރުސަތު ނުދެއްވުމަށް ތޮލާލް ވަނީ ގޮވާލާފައެވެ.

އަދި ޤައުމުގެ ސަލާމަތާއި އަމާންކަން ބަލަހައްޓާ ފަރާތްތަކުން އިންތިޚާބުގައި ހަމަނުހުން ހިންގުމަށް އެއްވެސް ފުރުސަތެއް ލިބޭނެ ކަމަކަށް ޖާގަ ނުދެއްވުމަށް ތޮލާލް ވަނީ ސިފައިންނާއި، ފުލުހުންނަށްވެސް ގޮވާލާފައެވެ.

މީގެ އިތުރުން ތޮލްލާ ވަނީ މުއިއްޒުއާއި ދެކޮޅަށް ހިންގަމުންދާ އެންޓި ކެމްޕޭންތަކަކީ ސަރުކާރަށް ކުރާނެ ކެމްޕޭނެއް މިހާރު ނެތުމުން ރައޔްިތުންގެ ތެރޭގައި މުއިއްޒުގެ އަބުރު ނަގާލައި ނުތަނަވަސްކަން އުފެއްދުމަށް ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށެވެ. މިކަންކަމަކީ ވެރިކަމުގެ ފަސް އަހަރު ނިމި އިންތިޚާބު ބޯމަތިވުމުން އެކަނި ފެންނަ ކަންކަމަށް ވުމުން ރައްޔިތުން މިކަންކަން ގަބޫލު ނުކުރާކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ މިވެރިކަން ނިންމާލުމަށް ހޮނނިހިރު ދުވަހުގެ ވޯޓު ކަރުދާސް އަތަށް ނާރައިގެން ކަމަށެވެ. މުއިއްޒަށް ތާއީދު ކުރާ ހުރިހާ ރައްޔިތުންވެސް އެދުވަހު ހެނދުނު ހެނދުނާ ނިކުމެ ވޯޓުލައި ނިންމުމަށް ތޮލާލްވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *