"އެނިމަލް" ގެ ޕޯސްޓަރުތަކެއް އާންމުކޮށްފި

"އެނިމަލް" ގެ ޕޯސްޓަރުތަކެއް އާންމުކޮށްފި

Author
ފާތިމަތު ނާވީ
28 ސެޕްޓެމްބަރ 2023 12:53
0

ރަންބީރްގެ ކަޕޫރްގެ ކުރިއަށް އޮތް ފިލްމު "އެނިމަލް" ގެ މައިގަނޑު ބައެއް ކާސްޓުންގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ބަތަލާ އާލިއާ ބަޓްއާއި 2022 ވަނަ އަހަރުގެ އެޕްރިލް 14 ވުނަދުވަހުގައި ކައިވެނި ކުރި ފަހުން ރަންބީރު ބޮޑު ސްކްރީންއިން ފެނިގެންދާ ފުރަތަމަ ފިލްމް "އެނިމަލް" އަކީ ތަފާތު ފިލްމް އަކަށް ވާނެ ކަމަށް އަންނަނީ ބުނަމުނެވެ. އަދި މި ފިލްމްގައި ރަންބީރު ފެނިގެންދާނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ރޯލަކުން ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުން ދައްކައިލި ޕޯސްޓަރުތަކުގެ ތެރޭގައި ރަންބީރްގެ ޕޯސްޓަރަކާއި އަނިލް ކަޕޫރްގެ ޕޯސްޓަރަކާއި ރަޝްމިކާ މަންދަނާގެ ޕޯސްޓަރެއްގެ އިތުރުން ބޮބީ ޑިއޯލްގެ ޕޯސްޓަރެއް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

 

"އެނިމަލް" އަކީ 2019 ވަނަ އަހަރު ދެއްކި ކާމިޔާބު ފިލްމު، ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ތުރިލާއެކެވެ.

ލީޑުން ރަންބީރު އާއި އެކައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއެވެ. މީ ދެތަރިން އެކުގަިއ ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ ކާސްޓުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.