މެންބަރު އަހުމަދު ރަޝީދުގެ ތާއީދު މުއިއްޒަށް

މެންބަރު އަހުމަދު ރަޝީދުގެ ތާއީދު މުއިއްޒަށް

Author
މުޙައްމަދު ޝަޒައިމް
27 ސެޕްޓެމްބަރ 2023 10:09
0

ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ރަޝީދު (ޗެކްމާކް) އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.

އޭނާ އަކީ ދަ ޑޮމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރެކެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރެއްވިިއިރު، ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވަން ވަނީ ނިންމަވާފައެވެ.

މިއާއެކު ޑިމޮކްރެޓްސްގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވާފައެވެ. މިއަދު އައްޑޫގައި ޑރ. މުއިއްޒު ބޭއްވި ޖަލްސާގައި އަހްމަދު ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަހުމަދު ރަޝީދުގެ އިތުރުން ކުރީގެ މެމްބަރުކަން ކުރެއްވި ހިޔަލީ މުހައްމަދު ރަޝީދުގެ ތާއީދުވެސް ވަނީ މުއިއްޒަށް ދެއްވާފައެވެ. އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ޑިމޮކްރެޓްސްއަށް ތާއީދު ކުރާ ގިނަ މެމްބަރުން ވަނީ މުއިއްޒަށް އިންތިޚާބު ކާމިޔާބު ކުރުމަށް ބައިއަތުހިފާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.