އެމްޑީއޭއަކީ ކަމަކަށް އެއްބަސްވެއްޖެނަމަ، އެކަމެއް ހާސިލުކުރުމަށް އެންމެ ފުރިހަމައަށް މަސައްކަތް ކޮށްދޭނެ ޕާޓީކަމަށް އެޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އިޔާސީ އިންތިޚާބަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ހައދްަވާފައިވާ ކޯލިޝަން އެމްޑީއޭއިން ވަނީ ރޭ ރުޅާލާފައެވެ. އެގޮތަށް ފާސްކުރީ އެޕާޓީން ރޭ ބެއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، އެމްޑީއޭއަކީ އެބަޔަކާއެކު ކަމެއްކުރުމަށް އާނ ބަސް ކިޔައިފިނަމަ އެކަމެއް ކާމިޔާބުކުރުމަށް ވަރަށް މަސައްކަތް ކުރާ ބައެއްކަމަށެވެ. އެގޮތުން އެޕާޓީގެ ކައުންސިލުން ޑރ.މުޢިއްޒަށް ތާޢީދު ކުރުމަށް ނިންމާފައިވާތީ، ޑރ.މުއިއްޒަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ވަރަށް ގަދަޔަށް މަސައްކަތްކުރައްވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މެދުގައި އަބަދުވެސް މަޝްވަރާ ކުރަމުންދާކަމަށާއި، އެގޮތުން، ޕީޕީއެމާއެކުވެސް މަޝްވަރާތައް އަބަދުވެސް ކުރިއަށްދާކަމަށެވެ.
އަޅުގަނޑުމެންނަކީ އެކަމަކަށް ބަޔަކާއެކުކަމަށް އާނބަސް ކިޔައިފިކަމަށް ވަންޏާ އެކަމެއް ކާމިޔާބުކުރުމަށް ވަރަށް މަސައްކަތް ކުރާ ބައެއް.
– އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވިއެވެ.
އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރުޅާލާފައިވަނީ، އެމްޑީއޭގެ ކައުންސިލްގައި 34 މެމްބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލްގެ ސާފު އައުލަބިއްޔަތުންނެވެ.
މިބައްދަލުވުމުގައި ވަނީ ދެވަނަ ބުރުގައި މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމާފައެވެ. މުއިއްޒުއަށް ތާއީދުކޮށް، ޕީޕީއެމް/ޕީއެންސީއާއިއެކު ކުރިއަށް ދިއުމަށް ނިންމީ 33 ކައުންސިލް މެމްބަރުންގެ ސާފު އައުލަބިއްޔަތުންނެވެ.
ރައީސް ޞާލިހުގެ ކޯލިޝަނުން ވަކިވުމަށް ހުށަހެޅީ މުހައްމަދު އައްބާސްއެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރީ އެމްޑީއޭގެ ނައިބް ލީޑަރު އަލީ މައުރޫފްއެވެ. މިހުށަހެޅުމަށް ވޯޓަށް އެހުމުން މެމްބަރުންގެ އައުލަބިއްޔަތުން ވަނީ ޕީޕީއެމް/ޕީއެންސީއާއިއެކު ކުރިއަށް ދިއުމަށް ނިންމާފައެވެ.
އެމްޑީއޭގެ މިނިންމުމާއިއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހާއިއެކު ކޯލިޝަންގައި މަސައްކަތް ކުރާނީ އަދާލަތު ޕާޓީން އެކަންޏެވެ. ދެވަނަ ބުރުގެ ކެމްޕޭންގައި އެމްޑީއޭގެ ލީޑަރު އެއްވެސް ވަރަކަށް ނުފެންނަ އިރު، އެމްޑީއޭއިން މާބޮޑަކަށް ދެވަނަ ބުރުގެ ކެމްޕޭންގައި ޝާމިލްވާތަންވެސް ފެނިފައި ނުވެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ޕީޕީއެމް/ޕީއެންސީއާއިއެކު ކޯލިޝަން ހަދާފައިވަނީ އެމްއެންޕީންނެވެ. ނަމަވެސް އެހެން ގިނަ ޕާޓީތަކުގެ އިސްބޭފުޅުންނާއި އާންމު މެމްބަރުން ދަނީ މުއިއްޒަށް ތާއީދުކުރާކަން ހާމަ ކުރަމުންނެވެ. އެގޮތުން ޑިމޮކްރެޓްސްގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމްގެ ގިނަ ބޭފުޅުންވެސް ދަނީ މުއިއްޒަށް ތާއީދު ކުރަމުންނެވެ.