ހއ. ދިއްދޫ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުންގެ ތާއީދު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން ހާމަކޮށްފިއެވެ.
މިރޭ ދިއްދޫގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި ދިއްދޫ ޑިމޮކްރެޓުންގެ ތާއީދު އޮތްކަން ހާމަކޮށް އެރަށުގެ ޒުވާނުން ވަނީ މިއިންތިޚާބުގައި ރައީސް ޞާލިހު ނޫން ގޮތެއް ހޯދާނެ ކަމަށް ބުނެފައެވެ. އަދި ދިއްދޫއިން ސާފު މެޖޯރިޓީ ޑރ. މުއިއްޒަށް ހޯދާ ދިނުމުގައި ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ދިއްދޫގެ މެޖޯރިޓީ ހޯދީ ޑރ. މުއިއްޒުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ ތާއީދު ލިބުމުން ދިއްދޫގެ ސާފު އައުލަބިއްޔަތު މުއިއްޒަށްލިބޭނެކަމަށް ބެލެއެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި ހަރަކާތްތެރިވާ ޑިމޮކްރެޓުންގެ ގިނަ ބޭފުޅުން ގެންދަނީ މުއިއްޒަށް ތާއީދުކޮށް މިވެރިކަން ނިންމުމަށް މަސައްކަތް ކުރަމުންނެވެ. މިރޭ ފޯއްމުލަކުގެ ގިނަ އަދަދެއްގެ ޑިމޮކްރެޓުންވެސް ވަނީ މުއިއްޒަށް ތާއީދުކޮށް ކެމްޕޭނާއި ގުޅިފައެވެ.