ތިނަދޫ އެމްޑީޕީގެ އިސްބޭފުޅުން ޕީޕީއެމްއަށް، ދިން ޔަގީންކަމަކީ ބޮޑު މެޖޯރިޓީ މުއިއްޒަށް ހޯދަދޭނެކަމަށް!

ތިނަދޫ އެމްޑީޕީގެ އިސްބޭފުޅުން ޕީޕީއެމްއަށް، ދިން ޔަގީންކަމަކީ ބޮޑު މެޖޯރިޓީ މުއިއްޒަށް ހޯދަދޭނެކަމަށް!

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2023 07:23
0

ގދ. ތިނަދޫގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ގިނަ އަދަދެއްގެ ބަޔަކު އެޕާޓީން ވަކިވެ އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ޑރ. މުއިއްޒާއި ޓީމުން މިއަދު ތިނަދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ތިނަދޫއިން ފެނިގެންދިޔަ އެންމެ ތަފާތު މަންޒަރަކީ މުއިއްޒަށް މަރުހަބާ ކިޔުމަށްވެސް ގިނައިން އެމްޑީޕީއާއި، ޑިމޮކްރެޓްސްގެ މެމްބަރުން ތިބުމެވެ.

ތިނަދޫގައި މިއަދު އޮތް ޚާއްސަ އިވެންޓުގައި ތިނަދޫގެ އެމްޑީޕީގައި އެތައް އަހަރެއް ވަންދެން އުޅުނު ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. އޭގެ ތެރޭގައި ތިނަދޫގެ ޒުވާނުންނާއި، ތިނަދޫގެ ދެއަވަށަށް ނިސްބަތްވާ އެމްޑީޕީގެ އެންމެ ދުވަސްވީ މެމްބަރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ޑިމޮކްރެޓްސްއާއި، އެމްއާރުއެމްގެ ގިނަ ބޭފުޅުންތަކެއްވެސް ވަނީ މުއިއްޒު އެންޑޯސް ކޮށްފައެވެ. މުއިއްޒުއާއި ގުޅުނު އެމްޑީޕީގެ ބޭފުޅުން ވަނީ އެމްޑީޕީން ތިނަދޫއަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވަކަމަށާއި، ޤައުމުގެ ހާލަތު ބަދަލު ކުރެވޭނީ މުއިއްޒަށްކަން ޔަގީން ކުރެވޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.