މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ފުށި ދިއްގަރަށް ބަދަލުކުރާ ވާހަކަ މުއިއްޒު ދޮގު ކުރައްވައިފި

މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ފުށި ދިއްގަރަށް ބަދަލުކުރާ ވާހަކަ މުއިއްޒު ދޮގު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2023 03:52
0

މާލޭގެ ރައްޔިތުންނަށް ދިން ގޯތިތައް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ފުށި ދިއްގަރަށް ބަދަލުކުރަން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަަތައް އޭނާ ދޮގު ކުރައްވައިފިއެވެ.

ފުށި ދިއްގަރަށް ގޯތިތަކެއް ބަދަލުކުރަން އުޅޭކަމަށް މުއިއްޒު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއްވެސް އެކްސްގައި ދަނީ ދައުރުވަމުންނެވެ. އެ އޯޑިއޯއިން އިވޭ ގޮތުގައި ގޯތިތަށް ފުށި ދިއްގަރަށް ބަދަލުކުރުމުގެ ޕްރޮޖެކްޓެއް ފަށާނެއެވެ. އަދި އެކަން ދެތިން މަހެއްގެ ތެރޭގައި ކުރެވޭނެ ކަމަށް ބުނާ އަޑުވެސް އިވެއެވެ. މުއިއްޒުވެސް ވަނީ އޭނާގެ އޯޑިއޯއެއް ކަމަށް ބުނެ އެކްސްގައި ދައުރުވަމުންދާ ޕޯސްޓަކަށް ރައްދު ދެއްވައިފައެވެ.

މިއީ ހަމަ ކަނޑައެޅިގެން ފޭކް އޯޑިއޯއެއް. މީގެން އެނގީ އެންޓި ކެމްޕޭން ކުރާ މީހުން ވެއްޓިފައިވާ ދަށު ދަރަޖަ.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވިގޮތުގައިބވެރިކަމަށް ވަޑައިގެންފިނަމަ ގުޅީފަޅާއި ގިރާވަރު ފަޅާއި ފުދިއްގަރު ފަޅު އަހަރެއް ތެރޭގައި ހިއްކައި ނިންމަވާނެއެވެ. އަދި މާލޭގެ ރައްޔިތުންނަށް ދީފައި ހުރި ގޯތިތައް ފެނުން މައްޗަށް ނަގައިދީ އެ ގެދޮރުތަކުގައި ގޯތި އެޅޭނެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ދޭން ނިންމާފައިވާ ގޯތިތަކަށް ވުރެ އިތުރު ގޯތި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ، ކުރިއަށް އޮތް 20 އަހަރަށް ޢަމާޒުކޮށް 65000 ގެދޮރު ޔަގީންކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ޤާނޫނުން ލިބިދޭ ބޯހިޔާވަހިކަމުގެ ޙައްގުގެދަށުން، އަމިއްލަ ބޯހިޔާވަހިކަން ނެތް އެއްވެސް ރައްޔިތެއް ނެތްކަން ކަށަވަރުކުރައްވާނެކަމަށް ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ މި ސަރުކާރުގެ ގޯތި ލިސްޓުގައި ތިބި މީހުންނަށްވެސް، ލިސްޓު އުވާނުލާ ގޯތި ލިބޭނެކަން ކަށަވަރުކުރައްވާނެކަމަށެވެ. އަދި މީގެތެރެއިން ބިން ލިބި ގޯތި އެޅޭނެ މާލީ ތަނަވަސްކަން ނެތް މީހުންނަށް، އެމަނިކުފާނުގެ ސަރުކާރުގައި ޚާއްސަ ސްކީމެއްގެ ތެރެއިން ގޯތި އެޅޭނެ ގޮތް ހަމަޖައްސަވާދެއްވާނެ ކަމަށް ވިދާޅުވެއެވެ.

މީގެއިތުރުން، 2018ވަނަ އަހަރު ހިޔާ މަޝްރޫޢުގެ ލިސްޓުގައި ހިމެނި، ފްލެޓް ނުދީ ތިބި މީހުންނަށް ގޯތި ކަށަވަރުކޮށްދެއްވުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.