ޑްރަގް ވަންނަ ދޮރުތައް ވަނީ އިތުރުކަމަށާއި، ހުރިހާ ބިރުވެރިކަމެއް އޮތީ އާއިލާތަކަށާއި މުޖުތަމަޢުތައްކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާލުވެއްޖެއެވެ.
މާލޭގެ ފަރީދީ މަގުގައި މަސްތުވާތަކެތީގެ 6 ޝޫޓު ކޭހާއި، ދެގޯނީގެ މަސްތުވާ ތަކެއްޗާއިއެކު 10 މީހަކު ހައްޔަރުކުރުމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެއްބަޔަކު ޝަރީޢަތް ފެށުމުގެ ކުރިން ސަރުކާރުން ދޫކޮށްލާނެކަމަށެވެ. އަނެއް ބަޔަކު ޖަލުގައި ދުވަސްކޮޅަކު "ރަނގަޅަށް" އުޅޭއިރަށް މިނިވަންވާނެކަމަށްވެސް އާދަމް ޝާރީފް ވިދާޅުވިއެވެ.
ހުރިހާ ހާސްކަމާއި ބިރުވެރިކަން އާއިލާތަކަށާއި މުޖުތަމަޢުއަށް. ޑްރަގް ވަންނަ ދޮރުތައް ވަނީ ގިނަ. ވަރަށް ދެރަ.
-މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މަސްތުވާތަކެތީބެ ބޮޑެތި މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް މީހުން ވަނީ ދާދިފަހުން މިނިވަންކޮށްފައެވެ. މީގެ އިތުރުން ފުލުހުން މީޑިއާތަކުގެ ޙާޒިރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންވެސް ވަނީ މެދުކަނޑާލާފައެވެ. މިއަދުވެސް ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ