ރާއްޖޭގެ މިނިވަންކަމާއި ހަމަޖެހުން ޤާއިމް ކުރުމަށް ހައިލަމްގެ ތާއީދު މުއިއްޒަށް!

ރާއްޖޭގެ މިނިވަންކަމާއި ހަމަޖެހުން ޤާއިމް ކުރުމަށް ހައިލަމްގެ ތާއީދު މުއިއްޒަށް!

ގުޅުންހުރި

ދިވެހި ރާއްޖޭގެ މިނިވަން ކަމާއި ސިޔާސަތާއި އިސްތިގުލާލު ރައްކާތެރި ކުރުމަށާއި، ޤައުމުގެ ހަމަޖެހުން ގާއިމް ކުރުމަށްޓަކައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާސީ އަހުމަދު ހައިލަމްގެ ތާއީދު ޑރ. މުހައްމަދު މުއިއްޒަށް ކުރެއްވުމަށް ނިންމަވައިފިއެވެ.

ހައިލަމްއަކީ ޖޭޕީގެ ކަައުންސިލް މެމްބަރެކެވެ. ހައިލަމް މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމީ، އިންތިޚާބުގެ ދެވެނަ ބުރުގައި ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނިންމުމާއިއެކު އެޕާޓީގެ އިސްގިނަ ބޭފުޅުން ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެންޑިޑޭޓެއް ހާމަކުރަމުންދާ ދަނޑިވަޅެެއްގައެވެ.

ހައިލަމް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލައި، ޤައުމުގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކޮށް، މާތްވެގެންވާ އިސްލާމްދީނަށް މިޤައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަކުރުންތައް ހުއްޓުވައި، މުޖުތަމައުގެ ތެރޭގައި ދީނީ ވަޙުދަތު ޤާއިމްކުރެވޭނީ އެކަންކަން ކުރެވޭނެ ޤާބިލް މީހަކަށް ޤައުމުގެ ވެރިކަމަށް އާދެވިގެން ކަމަށެވެ.

ހަމަމިއާއިއެކު އިޤްތިޞާދީގޮތުން މިޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ފުދުންތެރި ޖީލެއް ބިނާކޮށް، ޤައުމުގައި ޢާންމުވެފައިވާ ކޮރަޕްޝަންގެ ނުރައްކާތެރި ވަބާއިން މިރާއްޖެ ސަލާމަތްކުރެވޭނީ، ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންހުންނެވި، ބަހާއި ޢަމަލު ދިމާވާފަދަ އިޚްލާޞްތެރި ބޭފުޅަކު މި ރާއްޖޭގެ ރައީސްކަމަށް ޢައްޔަންކުރެވިގެންކަމަށް ޤަބޫލުކުރެވޭތީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުޢިއްޒަށް ތާއީދުކުރުމަށް ނިންމާފައިވާކަމަށެވެ.

ޖޭޕީގެ ކައުންސިލްގައި ހިމެނޭ ބޭފުޅުން ދެބަޔަކަށް ބެހިގެން ގޮސްފައިވާއިރު، ރައީސް ޞާލިހަށް ތާއީދު ކުރާ ބޭފުޅުންނާއި، ޑރ. މުއިއްޒަށް ތާއީދު ކުރެއްވި ބޭފުޅުންވަނީ މިހާރު އެކެންޑިޑޭޓުންގެ ކެމްޕޭނާއި ގުޅިފައެވެ. އަދި އެކި ހަރަކާތްތަކުގައި އެބޭފުޅުން ގެންދަނީ ބައިވެރި ވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ