ހުރާ ކައުންސިލް މެމްބަރަކާއި ޑަބްލިއުޑީސީ މެމްބަރެއް ޕީޕީއެމްއަށް!

ހުރާ ކައުންސިލް މެމްބަރަކާއި ޑަބްލިއުޑީސީ މެމްބަރެއް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
25 ސެޕްޓެމްބަރ 2023 03:36
0

ކ. ހުރާ ކައުންސިލް މެމްބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރެއް އިދިކޮޅު ޕްރިގްރެސިވް ކޮންގްރެސް ކޯލިޝަނާއި ގުޅިއްޖެއެވެ.

ރިޔާސީ ކެމްޕޭންގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ހުއްޓުމެއްނެތި ކުރަމުންދާ ކެމްޕޭންގައި މިއަދު ރަނިންމޭޓް ސެމްބެ ވަނީ ކ.ހުރައަށް ވަޑައިގެންފައެވެ. ސެމްބެ ހުރައަށް ވަޑައިގެންވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ހުރާއިން ވަނީ މުއިއްޒަށް މެޖޯރިޓީ ހޯދަދީފައެވެ.

މިއަދު ޕީޕީއެމްއާއި ގުޅުނު ހުރާ ކައުންސިލްގެ ދެބޭފުޅުން:

– ހުރާ ކައުންސިލް މެމްބަރު ހަސަން ފިރާސް
– ހުރާ ކައުންސިލް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު އައުމިނަތު މިތުނާ

ހުރާ ކައުންސިލްގެ ސާފު މެޖޯރިޓީ މިހާރުވެސް ޕީޕީއެމްއަށް އޮވެއެވެ. މީގެ އިތުރުންވެސް މިއަދު ހުރާއިން ގިނަ ބަޔަކު ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު އޮންނައިރު ގިނަ އަދަދެއްގެ ބަޔަކު ދަނީ މުއިއްޒުއަށް ތާއީދުކޮށް ޕީޕިއެމްއާއި ގުޅެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.