ފިޔޯރީ އެމްޑީޕީގެ އެންމެ އިސްބޭފުޅުން މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

ފިޔޯރީ އެމްޑީޕީގެ އެންމެ އިސްބޭފުޅުން މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2023 10:33
0

ގދ. ފިޔޯރީގެ އެމްޑީޕީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންތަކެއް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ތާއީދުކޮށް ޕީީޕީއެމްއަށް ސޮއިކޮށްފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު އޮންނައިރު ދެވަނަ ބުރުގައި އެމްޑީޕީގެ ބައެއް ބޭފުޅުންނާއި، ޑިމޮކްރެޓްސްގެ ގިނަ ބޭފުޅުންތަކެއްގެ ތާއީދު މުއިއްޒުއަށް އޮތްކަން ދަނީ ހާމަ ކުރަމުންނެވެ. ފިޔޯރީން މުއިއްޒަށް ތައީދުކޮށް ޕީޕީއެމްއާއި ގުޅުނީ ފިޔޯރީގެ އެމްޑީޕީގެ އެންމެ ވަރުގަދަ ފަހުލަވާނުން ކަމުގައިވާ އަލިބެ، ރަޝީދުބެ، އަދުނާނު އަދި މުސްޠަފާ އެވެ.

މިބޭފުޅުންނަކީ ފިޔޯރީގައި އެމްޑީޕީ ހިންގުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންނެވެ. މިބޭފުޅުން ސޮއި ކުުރުމުން ފިޔޯރީން ދެވަނަ ބުރުގައި މުއިއްޒު ބޮޑު ތާއީދަކާއިއެކު އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ބެލެވެއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޑރ. މުއިއްޒު ހުއްޓުމެއްނެތި ކެމްޕޭން ކުރިއަށް ގެންދާއިރު، ދެވަނަ ބުރުގައިވެސް މިހާތަނަށް ވަނީ 50 އަށްވުރެ ގިނަ ރަށްތަކަށް ވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.