ޕައިލެޓުންނާއި އިންޖިނިއަރުން ހިމެނޭ ގޮތަށް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
މާލޭގައި ހުންނަ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންނަށްދޭ މުސާރައިގެ ކުރިއެރުން ދިނުމުގައި މަސައްކަތް ކުރަމުން ގެންދަނީ ހަމަހަމަކަމާއެކީގައި އެކަން ކުރަން ކަމަށެވެ.
އެގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ކްރޫން ފަދަ މުވައްޒަފުންނަކީ މުހިންމު ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ދާއިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ތިބި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
"ލަސްތަކެއް ނުވެ، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫންނާ މިހެން ގޮސް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހި ރައްޔިތުން އަދިވެސް އިންތިހާބުގެ ވޯޓާ މެދުގައި ވިސްނެވުމަށް އެދިވަޑައިގެންފައެވެ. އެ ދުވަހު ނިންމޭ ނިންމުމެއްގެ ސަބަބުން ދިވެހިން މިއިން ދުވަހަކު ވެސް ނުދެކޭ ފަދަ ނާމާން، ބިރުވެރިކަމެއްގެ ތެރެއަށް ގޮސްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެބޭފުޅުންގެ ސިޔާސަތުތައް ހާމަކުރަމުން ދާއިރު، އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ އެ މަންޒަރު. އެހެންވެ ވިސްނުންތެރިކަމާ އެކީގައި ނުކުމެވަޑައިގެން އަޅުގަނޑާއި އަޅުގަނޑުމެންނަށް ވޯޓު ދެއްވުން އެއީ ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
2 Responses
ކޮބާ އެއާރ ޓްރެފިކް ކޮންޓުރޯލަރުންގެ ވާހަކަ، ކޮންޓުރޯލަރުން ނަކީ ޕައިލެޓުންނާ އިންޖިނިއަރުން ނެކޭ އެއް ރޭންކެއްގެ ބައެއް. އެކަމަކު މުސާރަ ބޮޑުތަނުން ކުޑަ، ހަމަހަމަކުރޭ
ތީވެރިކަމައްގެންނާންް ހެޔުވާނެެ ބީތާވެފަހުރިި ބޮޑުު ބޯގޯހެއްް ގައުމުު ސަތޭކައެތައްބިލިޔަންރުފިޔާއިންް ދަރުވާލާފަަ ދިގުމުއްދަތުގެެ ލޯނުތައްް ނަގާފަަ އެފައިސާތައްް ދެއްކޭނެގޮތެއްނެތިި ރައްޔިތުންް މަގުމަތިވާއިރުު އެއްވެސްމިންވަރަކައްް ގައުމުނޭގޭމީހެއްް ކިހިނެތްތޯޯ ގައުމެއްގަަ ވެރިޔަކައްބެހެއްޓޭނީީ މެނިފެސްޓޯއަކީީ އިބޫގެެ ބަދިގެތޯޯ ކަލޭމެންވެރިކަމާް ހަވާލުވިދުވަހުު ތަކެތީގެެ އަގުތައްހުރިގޮތާާ ކަލޭމެންގެެ ވެރިކަންް ނިންމަންދިވެހިންބޭނުންވިއިރުު ތަކެތީގެެ އަގުތައްް ހުރީި ތިންސަތޭކަަ ހަތަރުސަތޭކަަ ޕަސަންޓްް މަތީގަަ އެެއީީ ކަލޭމެންގެެ ކެޕޭސިޓީނެތީމަަ ދިވެހިންނައްް ލިބުނުއަނިޔާާ ދެންކިހިނެތްތޯޯ ދެވަނަަ ދައުރެއްދެވޭނީީ ތިހާބޯގޯސްް ވިޔާނުދާބަޔަކައްް މިހާރުު މިގައުމައްް އިބޫނޫންގޮތެއްް ބޭނުންވެއްޖެެ