އެމްޑީޕީއަށް ނިސްބަތްވާ ކޮލަމާފުށީ އަންހެނުންގެ ކޮމެޓީގެ ނައިބް ރައީސާއި ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމްއަށް!

އެމްޑީޕީއަށް ނިސްބަތްވާ ކޮލަމާފުށީ އަންހެނުންގެ ކޮމެޓީގެ ނައިބް ރައީސާއި ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
22 ސެޕްޓެމްބަރ 2023 11:46
0

ގއ. ކޮލަމާފުށީ އެމްޑީޕީއަށް ނިސްބަތްވާ އަންހެނުންގެ ކޮމެޓީގެ ނައިބް ރައީސާއި، ގިނަ އަދަދެއްގެ އެމްޑީޕީއަށް ނިސްބަތްވާ ޒުވާނުންތަކެއް ޕީޕީއެމްއާއި ގުޅިއްޖެއެވެ.

މިރޭ ކޮލަމާފުށީގައި އޮތް މިރަސްމިއްޔާތުގައި ކޮލަމާފުށީގެ އަންހެނުންގެ ކޮމެޓީގެ ނައިބް ރައީސާ ނީނާ އިސްމާއިލާއި، ގިނަ އަދަދެއްގެ އެމްޑީޕީއަށް ނިސްބަތްވާ ކަނބަލުން ވަނީ ޑރ. މުއިއްޒު ރައީސްކަމަށް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށާ ޕީޕީއެމްއަށް ސޮއިކޮށްފައެވެ. ނީނާއަކީ ޒަމާނުއްސުރެ ކޮލަމާފުށީގައި އެމްޑީޕީގެ އެންމެ އިސްކޮށް މަސައްކަތް ކުރަމުންދިޔަ އެއް ކަނބަލެވެ.

މިރޭ ކޮލަމާފުށީގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބޭފުޅުންވެސް ވަނީ ރިޔާސީ އިންތިޚާބުގެ ދެވެނަ ބުރުގައި ޑރ. މުއިއްޒުއަށް ތާއީދުކޮށް މުއިއްޒު ވެރިކަަމަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ.

އިންތިޚާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އޮންނައިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން މުއިއްޒަށް ތާއީދުކޮށް ބައިތު ހިފާ މީހުން ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ގެންދަނީ މުއިއްޒުއަށް ތާއީދު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.