ގައުމީ ބެންކަށް ދިގު މުއްދަތަށް ޚިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށްފި

ގައުމީ ބެންކަށް ދިގު މުއްދަތަށް ޚިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބެންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ހަފްލާއެއް ބާއްވައިފިއެވެ.

މި ޚާއްސަ ހަފްލާގައި ބެންކަށް 15 ،20 ،25 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

ޖުމްލަ 33 މުވައްޒަފަކަށް މި އެވޯޑު ލިބިގެން ދިޔައިރު، 35 އަހަރު ބެންކަށް ޚިދުމަތްކޮށްދީފައިވާ މުޙައްމަދު އަޙްމަދު، ހެޑް އޮފް ޕްރޮކިއުމަންޓް އަދި ހަސަން ޝާމް، ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އަށް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ.

މީގެއިތުރުން ބެންކަށް 25 އަހަރު ޚިދުމަތްކޮށްދީފައިވާ އަބްދުﷲ ސައީދު (ސީނިއަރ ޕެރަލީގަލް) އަދި ހަނީމާ ނަސީމް (ގަމު ބްރާންޗް މެނޭޖަރ) އަށްވެސް ވަނީ އެވޯޑް ދީފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވަނީ ފާއިތުވި ދިގު މުއްދަތުގައި ހީވާގި ކަމާއެކު ބުރަކޮށް މަސައްކަތް ކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށްފަ އެވެ

"މި ބެންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެކަން ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފާއިތުވި 35 އަހަރުގައި ބެންކުގައި އެހާމެ މުހިންމު ދައުރެއް އަދާ ކޮށްދެއްވާފައިވާ މުޙައްމަދު އަދި ޝާމްއަށް ހާއްސަ ޝުކުރެއް އަދާކުރަން."
– ޓިމް ސޯޔަރ

ގައުމީ ބެންކު، ބެންކް އޮފް މޯލްޑިވްސްގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *