އިންޑިއާއިން ތިން ބިލިއަން ރުފިޔާގެ ލޯނެއް ހޯދާކަށް ނޫޅެން: އަމީރު

އިންޑިއާއިން ތިން ބިލިއަން ރުފިޔާގެ ލޯނެއް ހޯދާކަށް ނޫޅެން: އަމީރު

Author
މުޙައްމަދު ޝަޒައިމް
21 ސެޕްޓެމްބަރ 2023 10:20
0

އިންޑިއާ އިން އިތުރު ތިން ބިލިއަން ރުފިޔާގެ ލޯން ނަގަން ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

ދިވެހި ސަރުކާރުން މި ވާހަކަ ދޮގު ކޮށްފައި މިވަނީ ރާއްޖޭގެ ނޫހަކުން މިއަދު ޝާއިއު ކުރި ހަބަރަކާ ގުޅިގެންނެވެ. އެ ނޫހުގައިވާ ގޮތުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާއި ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބައްދަލުކުރައްވާ ދިވެހި ސަރުކާރުން ބޭނުންވާ ތިން ބިލިއަން ރުފިޔާގެ ލޯނެއް ހަމަޖައްސައިދިނުމަށް ހުށަހެޅުއްވި ކަމަށެވެ.

ނޫހުގައިވާ ހަބަރާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން ތިން ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަން ހުށަހަޅާފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި އެކު ވަނީ ގާތްގުޅުންތަކެއް އުފައްދާފަ އެވެ. މިގުޅުމަކީ ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ގުޅުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތުހުމަތުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.