އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެކަން ޑިމޮކްރެޓުން ރަސްމީކޮށް ހާމަކޮށްފި

އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެކަން ޑިމޮކްރެޓުން ރަސްމީކޮށް ހާމަކޮށްފި

ގުޅުންހުރި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

އެޕާޓީން މިކަން ހާމަކުރީ ދެންމެ ނެރުނު ބަޔާނެއްގައެވެ. ދެވަނަ ބުރުގައި އެކުގައި މަސައްކަތްކުރުމަށް ޑިމޮކްރެޓްސްއިން ވަނީ ދެ ޕާޓީއަށްވެސް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. ޑިމޮކްރެޓްސްއިން ދެ ޕާޓީއަށްއަށްވެސް ހުށައެޅި އެންމެ ބޮޑު ހުށައެޅުމަކީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ. ނަމަވެސް އެމްޑީޕީއިންވެސް އަދި ޕީޕީއެމް/ޕީއެންސީއިންވެސް ތާއީދުކުރީ އިންތިޚާބަށްފަހު ނިޒާމީ ވޯޓަކަށް ދިއުމަށެވެ. މީގެއިތުރުން ސަރުކާރުގެ ހިންގުމުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮތުމަށްވެސް ހުށައަޅާފައިވެއެވެ.

ޑިމޮކްރެޓްސްގެ ހުށައެޅުންތަކާމެދު ގޮތެއް ނިންމުމަށް ދެ ޕާޓީއަށް މުޙުލަތު ދިނުމަށްފަހު، މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބަންދަލުވުން ނިންމީ، އިތުރު ދެ ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް އެ މުއްދަތުގައިވެސް، އެއްވެސް ޕާޓީއަކުން ޑިމޮކްރެޓްސްގެ ހުށައެޅުންތަކަށް އެއްބަސްވެފައެއް ނުވެއެވެ.

ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ޑިމޮކްރެޓްސްއިން ނިންމާފައިވާއިރު، އިލްޔާސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ ގަރާރު ވަނީ ފާސްކޮށްފައެވެ. އެ ގަރާރު ފާސްކުރީ ވެސް އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓާ އެކުގައެވެ.

ޑިމޮކްރެޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމިއިރު، އެޕާޓީން އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކައުންސިލްގެ ހުރިހާ މެމްބަރުންވެސް ވަނީ ރައީސް ޞާލިހު ވެރިކަމުން ބާލަން ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށް ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ