ރިޔާޒް ރަޝީދުގެ ތާއީދު ރައީސް ސާލިހަށް

ރިޔާޒް ރަޝީދުގެ ތާއީދު ރައީސް ސާލިހަށް

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމާފައިވާކަން، ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒު ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޚާއްސަ މަޖިލިހުގަ އާއި ރައްޔިތުންގެ މަޖިލިހުގައި އޭނާއާއެކު އިސްލާހީގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް މި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކުރަން ނިންމާފައިވާ ކަމުގައެވެ.

ރިޔާޒް ރަޝީދު ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމާފައިވާއިރު، އޭނާ ނިސްބަތްވާ ޖުމުހޫރީ ޕާޓީން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް އެޕާޓީން ރަސްމީކޮށް ތާއީދު ނުކުރުމަށެވެ. އެހެންނަމަވެސް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެފައިވަނީ، ޖުމުހޫރީ ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް އަމިއްލަ ހައިސިއްޔަތުން އެބޭފުޅަކު ބޭނުންވާ ކެނޑިޑޭޓަކަށް ތާއީދު ކުރުމުގެ ހައްގު އޮންނާނެ ކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖުމުހޫރީ ޕާޓީގެ އިތުރު މެމްބަރުންވެސް ކުރިޔަށް އޮތް ތަނުގައި ރައީސް ސާލިހަށް ތާއީދު ކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރިޔާޒުމެންްގެެ ވާހަކަދެއްކުމެއްވުރެެ ނުދެއްކުންް ރަގަޅުވާނީީ ސިޔާސީކަންކަމާާ އާއްމުދިރިއުޅުންވެސްް ދާދިއެއްމިސްރާބެއްގަަ ދަތުރުކުރަނީީ އެއީީ އެމީހުންގެެ އާދަކާދަަ ހުންނަގޮތްް

Leave a Reply

Your email address will not be published. Required fields are marked *