ބޭރުގެ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ޤައުމީ ސަލާމަތަށް އޮތް ހުރަހެއް: ޑރ.ޝަހީމް

ބޭރުގެ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ޤައުމީ ސަލާމަތަށް އޮތް ހުރަހެއް: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2020 08:47
0

ބޭރުގެ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ޤައުމީ ސަލާމަތަށް އޮތް ހުރަހެއް ކަމުގައި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި އެމީހުންނަށް ކުރަމުން އަންނަ ޚަރަދު ހާމަ ނުކުރުމާއި ގުޅިގެން އޮންލައިން ނޫހަކުން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކޮށްފި ނަމަ މި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަަރާފާނެ ކަމަށެވެ.

އެމްއެންޑީއެފްއިން މިގޮތަށް ވިދާޅުވުމުން ޑރ.ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ތިބޭނަމަ ތިބީ ކޮންތާކުކަމާއި، ސިފައިން ތިބި އަދަދު އެގެންޖެހޭކަމަށެވެ. ބޭރުގެ އަސްކަރީ ބާރަކުން ރާއްޖޭގައި ދާއިމީ ގޮތެއްގައި ތިބުމަކީ ރާއްޖޭގެ ޤައުމީ ސަލަމާތަށް އޮތް ނުރައްކަލަކަށްވާއިރު އެކަން އެގޮތަށް ވިޔަ ދީގެން ނުވާނެކަމަށްވެސް ޑރ.ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ނަމަ، ޢަދަދާއި ތިބޭ ސަބަބު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތު ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް. އެއްވެސް ޢަސްކަރީ ބާރަކުން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ހުރަހެއް.

– ޑރ.ޝަހީމް

އެއްވެސް ޤައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ. އެކަމަކު، ރާއްޖެއަށް އެހެން ޤައުމުތަމުގެ ސިފައިންގެ ފަރާތުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހަރަކާތްތެރިވާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވަމުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.