ނަޝީދު ރައީސް ޞާލިޙަށް: އެއް ހޮރަކުން ދެފަހަރަށް ކަށި ނުޖެހޭނެ!

ނަޝީދު ރައީސް ޞާލިޙަށް: އެއް ހޮރަކުން ދެފަހަރަށް ކަށި ނުޖެހޭނެ!

Author
އައިޝަތު އަޙްމަދު
18 ސެޕްޓެމްބަރ 2023 08:12
0

ރިޔާސީ އިންތިާަބަށްފަހު ނިޒާމީ ވޯޓެއް ނެގުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުށައެޅުއްވި ހުށައެޅުއްވުން ޤަބޫލު ނުކުރައްވާކަމުގެ އިޝާރާތެއް ދަ ޑޮމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.

ރައީސް ނަޝީދާއި، އެމަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރެޓްސްގެ ހުށައެޅުމަކީ މިމަހުގެ 25ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމެވެ. މިކަމާއި ގުޅޭގޮތުން ރައީސް ޞާލިޙް މިއަދު ވަނީ ރައީސް ނަޝީދާ އިއްޔެ ފޯނުންވާހަކަފުޅު ދެއްކެވިކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދާ ދެބޭފުޅުންނަކީ މާ ދުރުގައި ތިއްބެވިތަން ފެނިވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ނިޒާމީ ވޯޓާ ގުޅޭގޮތުން ރައީސް މިއަދު ވިދާޅުވީ،މޮކްރެޓްސްއާއެކު ކުރިއަށް ގެންދަވާ މަޝްވަރާގައި އެޕާޓީން ބާރު އަޅަނީ ނިޒާމު ކަނޑައެޅުމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ތިންވަނައަށް ދިޔަ ދަ ޑިމޮކްރެޓްސްގެ ވޯތު، އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމަށް ރައީސް ޞާލިހަށް މުހިންމެވެ. ސަބަބަކީ ފުރަތަމަ ބުރުން އެއްވަނަ ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒާ ދެމެދުގެ ތަފާތަކީ 15 ހާހެއްހާ ވޯޓެވެ. އަދި ރައީސް ޞާލިޙާ އެއްބަސްވުމަކަށް އައުމަށް ޑިމޮކްރެޓްސްއިން ޑިމާންޑުކުރަނީ މިމަހުގެ 25ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ.

ރައީސް މިއަދު ވިދާޅުވީ، މިމަހުގެ 25ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ނޮވެމްބަރު 17ގެ ކުރިން ނިޒާމީ ވޯޓެއް ނެގޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގަރާރު މަޖިލީހުން ފާސްކޮށް ފޮނުވުމުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނިޒާމު ކަނޑައަޅާ ވޯޓު ވަކި ތާރީހެއްގައި ބާއްވަން އިލެކްޝަނަށް ހުށައަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވިނަމަވެސް ރައީށް ނަޝީދުގެ ނުރަސްމީ ޓްވިޓަ އެކައުންޓުންކުރި ޓްވީޓްގައި ވިދާޅުވީ "އެއް ހޮރުން ދެފަހަރު ކަށި ނުޖެހޭނޭ ބުނަނީ"ކަމަށެވެ. ރައީސް ނަޝީދު އެ އިޝާރާތްކުރެއްވީ ރައީސް ޞާލިޙްގެ ފަހަތްޕުޅަށް ނޭރުން ނުވަތަ ނިޒާމީ ވޯޓު ނަގަން ރައީސް ހުށައެޅުއްވި ހުށައެޅުން ޤަބޫލު ނުކުރައްވާކަމެވެ.

https://x.com/anedhivehirajje/status/1703784148253770057?s=20

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރަން ރައީސް ޞާލިޙަށް ޑިމޮކްރެޓުންގެ ވޯޓު މުހިންމެވެ. އެއީ ރައީސް ޞާލިޙާއި، ޑރ.މުއިއްޒުގެ ވޯޓުގެ ފަރަގު 15 ހާހަށް އަރާތީއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ތިންވަނައަށް ދިޔަ ޑިމޮކްރެޓްސްއަށް 15ހާހަށްވުރެ ގިނަ ވޯޓު ލިބުނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދަންނަސޮރު
ކަލޭމެން ތިކުޅޭޑުރާމާ ދާނީޗޮކުން ރީ ރެޖިސްޓްރީ ކުރުމަށް ނަންފޮނުވާފަ އެބަތިބިކަމަށްވޭ އަލަށްއުފަންވި ތުއްތު ކުދީންވެސް އަނެއްކާ މިފަހަރު ވޯޓް ލާކަމައްވަނީ އިންޑިޔާ ރައްޔިތުންވެސް ދިވެހި އައިޑީކާޑް ބޭނުންކޮއްގެން މިއަކަށްނޫންތަ ކިޔަނީވަގުގެދުން. މިފަހަރު މުއިއްޒު ان شاالله
ހ ހިލަބެ
ބަރުލަމާނީ ވޯޓަށްދާން އައްނިބުނެގެން އިބޫއެއްބަސްވިއަސް އަހަރެންގެ ވޯޓެއް އމްޑީޕީއަކަށް ނުދޭނަން އަދި އަހަރެންގެ އާއިލާއާއި ބަސްޤަބޫލުކުރާއެއްވެސް މީހެއްގެ ވޯޓް އިބޫއަކަށްނުދޭނަން މަށަކީއަދި އެމްޑީޕީގެމެމްބަރެއްކަމަށްވިއަސް މިހާރުއެމްޑީޕީއަކީ ފައްޔާޒާއި ރޮޒޭމެންލަނގިރިޖަހާ ޕާޓީއެއް މަވާސަލާމް ...
ކ ކަކުނި
ކިއާލަވަޔަކާ ޖަހާބެރަކާ ދިމާލެއްނުވޭ، ތި ކިއާހަރުން ހަމަ މި އިންތިޚާބުތެރޭގާ ކަށިޖަހާނެ، ތީހަމަ ދައްކާދަޅަ، ތިކިއާ ސޯލިހު ރައީސް މިހާރު އެހުންނެވީ ނޭވާހޮޅިަށް އެޅިފާ، އަނެއްކޮޅުން ރނަޝީދު އެހުންނެވީ ބަރުލަމާނީއަކައިގެން ނޭވާހޮޅިއަށްއެޅިފާ، ތިކުރެވެނީހަމަ އެއްކަމެއް، އެއްގަލަކުން ހަމަ ފެހިކޭދެމީހުންތީ، ދެން އެންމެ އަވަހަށް ފެންނާނީ ތިކިއާސޯލިހުރައީސް، ބަރުލަމާނީގެނަމުގާ ރނަޝީދު ސިކުނޑިލޮވެލާތަން ބޭނުންފުދި ވެރިކަމަށް އަރާހިސާބުން އަނެއްކާވެސް ސޯލިހުރައީސް ޢައްދާރުވާނީ ކުރީފަހަރަށްވުރެ މާ ބޮޑެތި ލަނޑު ރނަޝީދަށް ދޭނެ، ކުރީފަހަރުވެސް ދައުރުގެ މެދުތެރރއިން އިންޚާބެއް ބާއްަން އެއްބަސްވެފާ އެކަމަށް ކުރީ އިންކާރު، މިފަހަރު ޕާޓީންނެރެހޫރާލާނެ ހުވާކުރާދުވަހު. ތިއަށްވުރެ އަނިޔާވެރި ދޮގުވެރިއެއް ވެރިކަށް އަދި ނާރާ.