ރިޔާޒް ރަޝީީދު-- ފޮޓޯ: މިހާރު

ތާޢީދުކުރާ ކެންޑިޑޭޓެއް ހާމަކޮށް، މިހަފްތާގައި ކެމްޕެއިނަށް ނިކުންނާނަން: ރިޔާޒް ރަޝީދު

ތާޢީދުކުރާ ކެންޑިޑޭޓެއް ހާމަކޮށް، މިހަފްތާގައި ކެމްޕެއިނަށް ނިކުންނާނަން: ރިޔާޒް ރަޝީދު

ގުޅުންހުރި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާޢީދުކުރައްވާނެ ކެންޑިޑޭޓެއް ނިންމަވައި، މިހަފްތާގައި ކެމްޕެއިނަށް ނިކުންނަވާނެކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު އަްދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވެފައިމިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް އެ މެންބަރަކު ވޯޓުލާން ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓުލެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވުމާއި ގުޅިގެންނެވެ. ޤާސިމް މިހެން ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމި ނިންމުމާއި ގުޅިގެން އާންމު މެމްބަރުންގެ ހުރި ކަންބޮޑުވުންތަކަށް ތަސައްލީއެއް ދިނުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ

ޤާސިމްގެ އެ ނިންމެވުމާއި ގުޅިގެން ރިޔާޒް ވިދާޅުވީ ކޮންމެވެސް އެއް ކެންޑިޑޭޓަކަށް ތާޢީދުކުރައްވާކަން މިހަފްތާގައި ހާމަކުރައްވާނެކަމަށެވެ. އަދި ކެމްޕެއިނަށް ނިކުންނަވާނެކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ގުޅިވަޑައިގަންނަވަނީ ކޮން ކެންޑިޑޭޓަކާކަމެއް ހާމަ ނުކުރައްވައެވެ.

ރިޔާޒް ރަޝިދު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ ޕީޕީއެމްގައެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަން ނިމުމުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވަނީ އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރިފައިވާ ކެނޑިޑޭޓުންނެވެ. ފުރަތަމަ އިންތިހާބުގައި ކުރި ހޯއްދަވާފައިވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 46.16 އިންސައްތައިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39.02 އިންސައްތައެވެ. އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނައިން ނުލިބޭތީ ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގާސިމް އަކީ ރައީސް ސޯލިހް ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅާއެވެ. އަދި މިސަރުކާރު ދެމެހެއްޓުމުގައި ވެސް ގާސިމްގެ ހިއްސާ ބޮޑެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ގާސިމް ވަރަށް ބޮޑަށް ރައީސް ސޯލިހަށް ފާޑު ވިދާޅުވިއެވެ. ހާއްސަކޮށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ އާއި ގުޅޭ ގޮތުން ގާސިމް ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ހާމަކުރުން ދިގުދެއްމުމޫގެ ބޭނުމެއްނެތް. މަނިކުފާނަކީ އަބަދުވެސް ޕީޕީއެމް އަށް ތާއިދުކުރާ ބޭފުޅެއްކަން އެންމެންވެސް ދަނޭ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ