މައުމޫން، ނަޝީދަށް: ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ނިޒާމު ބަދަލެއް ނުކުރެވޭނެ

މައުމޫން، ނަޝީދަށް: ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ނިޒާމު ބަދަލެއް ނުކުރެވޭނެ

Author
މުޙައްމަދު ޝަޒައިމް
08 ޑިސެމްބަރ 2020 10:53
0

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ދެ މީހަކު މަޝްވަރާ ކޮށްލައިގެން ނުގެނެވޭކަމަށް ކޯލިޝަންގެ އެއްބައިވެރިޔާ އަދި ކުރީގެ ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްުޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިފަދަ ގޮތަށް ވިދާޅުވެފައިވަނީ، ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރިއަށްގެންދަވާ "އާސްކް ސްޕީކަރ"ގެ 2 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީންވަނީ ރާއްޖޭގައި އޮންނަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށެވެ. ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައީ ބަރުލަމާނީ ނިޒާމެއްގެ ވެރިކަން ތައްކަމަށާއި، ރިޔާސީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުވީ ފާއިތުވެދިޔަ 20 އަށް އަހަރުގެ ތެރޭގައިކަމަށެވެ. އަދި މިކަން ބަދަލުކޮށް ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ނޫނީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ނުލިބޭނެކަމަށް ބަރުލަމާނީ ނިޒާމު ގެންނެވުމަށް މަސައްކަތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް. ވީމާ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ.

– ރައީސް މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.