ދެވަނަ ބުރުގެ ކެމްޕެއިން ފުރަތަމަ ރަށަކަށް ބޮޑުފޮޅަދޫ، ޑރ.މުޢިއްޒަށް އެރަށުން ހޫނު މަރުޙަބާއެއް!

ދެވަނަ ބުރުގެ ކެމްޕެއިން ފުރަތަމަ ރަށަކަށް ބޮޑުފޮޅަދޫ، ޑރ.މުޢިއްޒަށް އެރަށުން ހޫނު މަރުޙަބާއެއް!

Author
އައިޝަތު އަޙްމަދު
14 ސެޕްޓެމްބަރ 2023 09:55
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އެންމެ ފުރަތަމަ ރަށަކަށް އއ.ބޮޑުފޮޅަދޫއަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަޑައިގެންފިއެވެ.

ދެވަނަ ބުރުގެ ކެމްޕެއިން ދަތުރުގައި ބޮޑުފޮޅަދޫއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ޑރ.މުއިއްޒުގެ އިތުރުން ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެހުންނެވި އަބްދުއްރަޙީމް ޢަބްދުﷲއާއި، އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމާއި ޕީއެންސީގެ ލީޑަރޝިޕްގެ އިތުރު ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ.މުޢިއްޒު އެރަށަށް ވަޑައިގަތުމުން، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބަނދަރަށް ނިކުމެ ޑރ.މުއިއްޒަށް މަރުހަބާ ދަންނަވާފައެވެ.

އެރަށުން ވާހަކަ ދެއްކި ގިނަ މީހުން ބުނީ ޑރ.މުޢިއްޒުއަށް ތާޢީދުކުރައްވަން ނިންމީ، ޑރ.މުޢީއްޒަކީ ޢިލްމީ ބޭފުޅަކަށް ވެފައި، ރައީސް ޔާމީން މިނިވަންކޮށްދެއްވާނެކަމުގެ ޔަޤީންކަން އޮތުމުންކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިގަންނަވާ ވަޢުދުތައް ފުއްދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ގިނަ ރައްޔިތުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.