ސްޓޭޓް މިނިސްޓަރ އަނަސްގެ ކޮއްކޮ ނިހާދު ޕީޕީއެމަށް

ސްޓޭޓް މިނިސްޓަރ އަނަސްގެ ކޮއްކޮ ނިހާދު ޕީޕީއެމަށް

Author
އައިޝަތު އަޙްމަދު
13 ސެޕްޓެމްބަރ 2023 01:48
0

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަނަސް ޢަބްދުއް ސައްޠާރުގެ އެއްބަންޑު އެއްބަފާ ކޮއްކޮ އަޙްމަދު ނިހާދު ޢަބްދުއް ޞައްތާރު، އިދިކޮޅު ޕީޕީއެމާ ގުޅިއްޖެއެވެ.

ނިހާދު ޕީޕީއެމާ ގުޅުނު ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއާއި، ރަނިންމޭޓް، ޙުސައިން މުޙައްމަދު ލަޠީފެވެ. ނިހާދަކީ، ޑރ.މުހައްމަދު އިޔާޒް ޢަބްދުއްލަޠީފްގެ ލިޔަނެއްވެއްސްމެއެވެ.

ނިހާދު ޕީޕީއެމާ ގުޅި، އިދިކޮޅު ކެންޑިޑޭޓް ޑރ.މުއިއްޒަށް ރިޔާސީ އިންތިޚާބުގައި ތާޢީދުކުރަން ނިންމާފައިވާއިރު، އަނަސް އަންނަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ޓާޢީދުކުރައްވަމުންނެވެ. އަނަސް އަކީ މިސަރުކާރުގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. އެ މަޤާމު އަނަސްއަށް ދީފައިވަނީ، މާލޭ މޭޔަރުކަމަށް ޑރ.މުޢިއްޒުއާއި ވާދަކުރައްވާ ނާކާމިޔާބު ވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.