އެމްއެންޕީން ނިންމީ ދެވަނަ ބުރުގައި ޑރ. މުއިއްޒުއަށް ތާއީދު ކުރުމަށް!

އެމްއެންޕީން ނިންމީ ދެވަނަ ބުރުގައި ޑރ. މުއިއްޒުއަށް ތާއީދު ކުރުމަށް!

މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމް.އެން.ޕީގެ ކައުންސިލް މެމްބަރުންގެ ސާފު އައުލަބިއްޔަތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.

މިރޭ ބޭއްވި އެމްއެންޕީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އައުލަބިއްޔަތުން ވަނީ މުއިއްޒުއާއިއެކު އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިއަށް ދިއުމަށް ނިންމާފައެވެ. މިއީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ޕާޓީއަކުން ނިންމި ފުރަތަމަ ނިންމުމެވެ.

މިރޭގެ ކައުންސިލްގައި ބައިވެރިވި މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު އެމްޑީޕީއާއިއެކު ކުރިއަށް ދިއުމަށް ތާއީދެއް ނުކުރިއެވެ.

8 ކެންޑިޑޭޓުން ވާދަކުރެއްވި ރިޔާސީ އިންތިހާބުގައި ނާޒިމަށް ލިބިވަޑައިގަތީ އިންތިޚާބުގެ 7 ވަނައެވެ. އޭނާއަށް ލިބިވަޑައިގަތީ 1906 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %0.87 ވޯޓެވެ.

އިންތިޚާބުން ލިބިވަޑައިގެންނެވި ނާކާމިޔާބީއާއި ގުޅޭގޮތުން އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވީ، ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް އަދި ގައުމުގެ ކުރިއެރުމަށް ކުރައްވަމުންގެންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމަށެވެ. އެމްއެންޕީން ބުނީ އެޕާޓީގެ ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދާނެކަމަށެވެ.

އެމްއެންޕީގެ ލީޑަރު ކާނަލް ނާޒިމް އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ނާޒިމްއަކީ މިފަހަރުގެ އިންތިޚާބުގައި ކެމްޕޭން އެންމެ ހަރަކާތްތެރި ކަމާއިއެކު ކުރެއްވި އެއް ކެންޑިޑޭޓެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *