އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބާނާތީ ރައީސް ޔާމީން އެކަން ޔޫއެންއަށް ހުށަހެޅުއްވި: އާޒިމާ

އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބާނާތީ ރައީސް ޔާމީން އެކަން ޔޫއެންއަށް ހުށަހެޅުއްވި: އާޒިމާ

Author
މުޙައްމަދު ޝަޒައިމް
11 ސެޕްޓެމްބަރ 2023 09:36
0

އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ބާނާތީ ރައީސް ޔާމީންގެ ސަރުކާރުން އެކަން ރަސްމީކޮށް ޔޫއެންއަށް ހުށަހެޅުއްވިކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް އޮތްކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަތަކަށް މިސަރުކާރުން ތަކުރާރުކޮށް ދޮގުކޮށް ލައްކަމުންދާ ވާހަތަކުގެ ހަގީގަތް ކާމަކޮށް ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެނުފޫޒު އޮތުމުން ކުރެއްވި މަސައްކަތް ހާމަ ކުރުމަށް ކުރެއްވި ޓުވީޓުގައެވެ.

އާޒިމާ ވިދާޅުވީ އިންޑިއާއިން ދާޚިލީ ކަންކަމަށް އަތް ބާނާތީ ރައީސް ޔާމީން އެކަން ޔޫއެންއަށް ހުށަހެޅުއްވި ކަމަށެވެ. އަދި ޔަގީނުންވެސް ހިނގާދިޔަ ކަމެއްކަމަށް އާޒިމާ ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ބާނާތީ ރައީސް ޔާމީންގެ ސަރުކާރުން އެކަން ރަސްމީކޮށް ޔޫއެންއަށް ހުށަހެޅި. އެކަން އަޅުގަނޑު ޔަގީންކޮށް ދެން.

– ރައީސް ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ މިނިވަން ކަމާއި ގުޅޭގޮތުން ކުރިމަތިވި ޕްރެޝަރަށް ޖަވާބު ނުދެއްވައި އެކަންކަމަށް ސަމާލުކަން ނުދެވުމަކީ ލިބުނު ނަތީޖާއިން ހާމަވި އެއްކަންތައްކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ އެކަންކަން ހާމަކުރުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.

ރައީސް އެހެން ވިދާޅުވިތާ މިގިނަ އިރުތަކެއް ނުވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީކަމަށް ބުނާ ސިޓީއަކާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ނެތްކަމަށް ބުނެ ސިފައިންގެ އިސްވެރިން ދައުލަތުގެ މީޑިއާ އާއި ސަރުކާރަށް އިތުބާރު އޮންނަ މީޑިއާތަކަށް އިންޓަރވިއު ދީގެން ގެންދަނީ އެކި މައުލޫމާތުތައް ފަތުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނިޒާރު
އާޒިމާ! ކަމަނަވެސް ހިމެނޭހެން ޔާމީން ވެރިކަމުގަ ކުރިވައްކަންތައް އަލްޖަޒީރާއިން މުޅިދުނިޔެއަށް ހާމަކުރި