އަންކިތާގެ ޓްރިބިއުޓެއް ސުޝާންތަށް!

އަންކިތާގެ ޓްރިބިއުޓެއް ސުޝާންތަށް!

"ޒީ ރިޝްތޭ އެވާޑްސް 2020″ ގައި އަންކިތާ ލޮކަންޑޭ ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި "ޕަވިތުރާ ރިޝްތާ" އިން އޭނާއާ އެކު ލީޑް ރޯލުން ފެނިގެން ދިޔަ ސުޝާންތު ސިންގް ރާޖްޕުތަށް ހިތުގައި އޮތް އިހުތިރާމާއި ގަދަރު ދެއްކުމަށްޓަކައި ހަދިޔާއެއް ދީފައެވެ. އަންކިތާގެ ނެޝުމުގެ ކުޑަ ތަންކޮޅެއް އޭނާގެ ޑިޒައިނާ އަނުރާދާ ކުރާނާ ވަނީ އިންސްޓަގްރާމްގެ ސްޓޯރީގައި ހިއްސާކޮށްފައެވެ.

ޒީޓީވީގެ ކާމިޔާބު ޑްރާމާ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ކުޅެން އުޅުނު ދުވަސްވަރު ދިމާވެގެން 2010 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުނު މި ދެ ތަރިންގެ ގުޅުން ނިމުނީ 2016 ގައެވެ. އަދި ފަހުން ބޮލީވުޑްގައި ކާމިޔާބުތަކެއް ހޯދި  ސުޝާންތު ވަނީ މިދިޔަ ޖޫން މަހު ދަންޖެހިގެން މަރުވެފައެވެ.

"ޒީ ރިޝްތޭ އެވޯޑްސް" ހަފްލާގައި އަންކިތާ ހުށަހަޅައިދިން ނެށުމުގައި ސުޝާންތަށް ދިން ހާއްސަ ޓްރިބިއުޓްގައި އޭނާ ވަނީ "ޕަވިތުރަ ރިޝްތާ" ގެ ހަނދާންއާކޮށްފަ އެވެ. ހަމައެހެންމެ، ސުޝާންތުގެ ފިލްމެއްގެ ލަވައަކަށްވެސް ނަށާފައިވެއެވެ. އެއީ ސުޝާންތުގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އެމް.އެސް ދޯނީ"ގެ ކޯން ތުޖޭ އަށެވެ.

 

View this post on Instagram

 

A post shared by Ankita Lokhande (@lokhandeankita)

އަންކިތާ ވަނީ ޕަވިތުރާ ރިޝްތާއިން އޭނާ ކުޅުނު އަރްޗަނާގެ ރޯލް ދައްކުވައިދޭ އައިޓަމެއް ވެސް ހުށައަޅާފައެވެ. ޕަވިތުރާ ރިޝްތާގައި ސުޝާންތު ކުޅެފައިވަނީ މާނަވްގެ ރޯލެވެ. އަންކިތާ އޭނަގެ ހިތުގެ އެންމެ އަޑިން ހުށައަޅައިދިން މި އައިޓަމުގައި އޭނާ ނަށާފައިވަނީ ޕްވިތުރާ ރިޝްތާގެ ޓައިޓަލް ލަވަ "ސާތިޔާ ތޫނޭ ކިޔާ ކިޔާ" އަށެވެ.

ސުޝާންތު މަރުވި ފަހުން އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް އަޑުއުފުލި އެކަކަކީ ވެސް އަންކިތާކަން ފާހަގަކޮށްލެވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *