އަޅުގަނޑު ޖަލަށް ނުލިނަމަ، ރައީސް ޔާމީން ޖަލަށް ނުލީސް: ނަޝީދު

އަޅުގަނޑު ޖަލަށް ނުލިނަމަ، ރައީސް ޔާމީން ޖަލަށް ނުލީސް: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
07 ޑިސެމްބަރ 2020 10:20
0

ރާއްޖޭގައި ވެރިކަން ކުރައްވާ ރައީސުން ޖަލަށް ލުމުގެ ސަގާފަތެއް މިއަދު އުފެދިފައިވާކަމީ ހިތާމަ ކުރައްވާ ކަމެއްކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގުރާމުގައި ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކުރެވިގެންދާނީ ކިހާތާކުތޯ އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ މިއަދު ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ހިތާމަ ކުރައްވާ ކަމެއްކަމަށެވެ. ނަމަވެސް ކޮންމެ ބޭފުޅަކު ކަމުގައި ވީނަމަވެސް ކުށެއް ކޮށްފިނަމަ އަދަބު ދޭންޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުވެސް ޖަލަށް ލުމުންކަމަށެވެ. އެދުވަހު އެމަނިކުފާނު ޖަލަށް ނުލެއްވިނަމަ މިއަދު ރައީސް ޔާމީންވެސް ޖަލުގައި ނޯންނާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށް އައީ ރާއްޖޭގައި ހުދުމުހުތާރު އަނިޔާވެރި ވެެރިކަމެއް ކުރެއްވި ބޭފުޅެއްގެ ދުވަސް ވަރަށް ފަހުގައި ކަމަށާއި، ނަމަވެސް ރައީސް މައުމުން ޖަލަށް ލާން ބޭނުން ނުވީކަމަށެވެ.

ރައީސް ޔާމީނަށް އަދި އަޅުގަނޑަށް ބެލިކަމުގައިވިޔަސް، އެންމެން ގަޔާނުވެދާނެ. ކޮންމެވެސް އެއް ބަޔަކު ގަޔާވެސް ނުވާނެ. އަޅުގަނޑު ދެކޭ ގޮތުގައި ޤާނޫނު އަސާސީގައި ބުނޭ ވެރިކަން ކުރުމަށްފަހު ނިންމާފައިވާ ވެރިންނާއިމެދު ދިމާވާ ކަންކަމުގައި އަމަލު ކުރަންޖެހޭ ގޮތް. އަޅުގަނޑު މައުމޫން ޖަލަށް ނުލަން. އަނިޔާވެރި ވަރިކަމެއް ކުރެއްވި ބޭފުޅެއް މައުމޫނަކީ ދިވެހި ތާރީހުގައިވެސް. އަޅުގަނޑު ގެންގޮސް ޖަލަށް ނުލީނަމަ، މިއަދު ރައީސް ޔާމީންވެސް ޖަލަށްދާން ނުޖެހުނީސް.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ މިވާހަތަކުން ރައީސް ޔާމީން ޖަލަށް ލާފައިވަނީ ވެރިކަމުގެ ނިޒާމުގެ ތެރެއިން އޮތް ވާދަވެރި ސިޔާސީ ބަދަލު ހިފުމެއްގައިކަމަށް ގިނަ ބޭފުޅުން ދަނީ ސޯޝަލް މީޑީޔާގައި ބުނަމުންނެވެ. ރައީސް ޔާމީން މިވަގުތު ދަނީ އެމްއެމްޕީއާރުސީގެ ޚިޔާނުގެ މައްސަލާގައި ގިނަ ސުވާލުތަކެއް އުފެދިފައިވާ ޝަރީއަތެއް ސާބިތުވެ5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވާ މައްލަގައިގެ އިސްތިއުނާފުގެ އަޑު އެހުންތައް ނިންމައި ހުކުމްނުކޮށް އެތައް މަހެއް ވޭތުވެގެންދާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.