އިންތިޚާބުގެ ނަތީޖާއިން މަޚުލޫފް ހައިރާން ކޮށްލައިފި

އިންތިޚާބުގެ ނަތީޖާއިން މަޚުލޫފް ހައިރާން ކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2023 01:04
0

އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބުގައި ނިކތް ނަތީޖާއިން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ހިއިރާން ކޮށްލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރައްވާފައެވެ. އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިޚާބުގެ %46.06 ހޯއްދަވާފައެވެ. ޑރ.މުޢިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތުން މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙްއަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ މިނަތީޖާއަކީ ސިޔާސީ ހަޔާތުގައި އޭނާއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނު ފަހަރު ކަމަށެވެ.

‏އަދި މި މިހަގީގަތް ގަބޫލުކޮށް, ހަޖަމުކޮށްގެން، ހެދިފައިހުރި ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރުގައި ރައީސް ޞާލިޙަށް މި އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމަށާއި 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ރައީސް މަޢުމޫން 45 އިންސައްތް ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25އިންސައްތް ހޯއްދެވި ރައީސް ނަޝީދު ކަަމަށް މަހްލޫފް ވިދާޅުވިއެވެ.

‏2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު 47 އިންސައްތަ ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25 އިންސައްތަ ހޯއްދެވީ ރައީސް ޔާމީން.

– މަހްލޫފް ވިދާޅުވިއެވެ.

‏ތާރީޙުގައި ކަންހިނގާފައި އޮތްގޮތަށް ބަލާއިރު ދެވަނަ ބުރު ރައީސް ޞާލިޙަށް ކާމިޔާބު ކުރެވޭނެ ކަމަށާއި ގަދައަޅާ މަސައްކަތްކުރުމަށް މަހްލޫފް ވަނީ ގޮވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ވޯޓުލިބޭގޮތެއްމަހުލޫފަކަށްނޭގޭނެދުރައްނުވިސްނާގާތައްބަލާމީހުނަކަޢްއެކަމެއްނޭންގޭނެއެކަންއެގޭނީދުރައްވިސްނާމީހުނަށް
ެ ެއަހްމަދް ރަސީދު
Futsal thadu thakuge karaption mi fenuney