ރާއްޖެއަށް އިސްލާމްދީން ތަޢާރަފްވެ އުފެދިފައިވަނީ ސޫފީ މަޒުހަބުގެ މީހުންގެ ކިބައިން ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާސްވިތް ސްޕީކާސް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން އުފެދިފައިވަނީ މީގެ 1100 އަަހަރު ކުރިންކަމަށެވެ. އަދި ރާއްޖޭގައި އިސްލާމްދީން އައީ އޭރު ރާއްޖެއަށް އައި އަރަބި ކަރައިގެ މީހުންގެ ތެރެއިން ކަމަށާއި، އެންމެ ފުރަތަމަ ރާއްޖޭގަައި އޮތް މަޒުހަބަކީވެސް ސޫފީ މަރުހަބުކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ 300 އަހަރު ވަންދެންވެސް އޮތީ ސޫފީ މަޒުހަބު. މިފަހަކަށް އައިސް ސަލަފީ މަޒުހަބު ފެތުރެމުން މިދަނީ. އެ މަރުހަބަކީ ހަރުކަށި ކަމާއިއެކު މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ މަޒުހަބެއް. އަޅުގަނޑުމެންގެ ރާއްޖެވެސް ބަދަލުވާނީ ހަމަ ދުނިޔޭގައިވެސް ކަންކަން ބަދަލުވާހެން.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
ދިވެހިން އިސްލާމްދީނަށް ބޯލަނބަން ފަށާފައިވަނީ ސޫފި ދަންނަ ބޭކަލުންގެ މަސައްްކަތުންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ސޫފީން ޤަބޫލުކުރާ ގޮތުގައި ޢަޤީދާ ސާބިތުކުރަނީ ރޫޙާނިއްޔަތުންނެވެ. އެއީ އެމީހުންގެ ވަލީވެރިންނަށް ލިބޭ ކަމަށްބުނާ ވަޙީއާއި އިލްހާމުންނާއި އެމީހުންނާއި ގުޅިފައިވާ ޖިންނީންގެނެސްދޭ ވަހަކައިންނެވެ.
ސޫފީން ޤަބޫލުކުރާ ގޮތުގައި ކީރިތި ޤުރުއާނާއި ސުންނަތަކީ އޭގައި ފޮރުވިފައިވާ މާނަތައް ތަފުސީރުކަރަންޖެހޭ އެއްޗެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ޤުރުއާނުގެ ކޮންމެ އަކުރެއްގައިވެސް، ޞޫފީންވަލީވެރިން، ތަރުޖަމާކޮށްދިނުމުން މެނުވީ ނޭނގޭ މާނައެއް ފޮރުވިފައި ވެއެވެ. އެމާނަ ކަޝްފުވަނީ އެމީހުންގެ ހިތަށެވެ. ނަމަވެސް އިސްލާމްދީނުގައި ޢަޤީދާގެ އެއްވެސް ކަމެއް ކީރިތި ޤުރުއާނާއި ސުންނަތުން މެނުވީ ދެނެއެއްނުގަނެވޭނެއެވެ.
ކޮމެންޓު ފޮނުވާ