އެންމެ ވަރުގަދަ ކެމްޕޭނެއް ކުރި ނާޒިމް، ފާރިސްއަށް ވުރެވެސް ދަށަށް!

އެންމެ ވަރުގަދަ ކެމްޕޭނެއް ކުރި ނާޒިމް، ފާރިސްއަށް ވުރެވެސް ދަށަށް!

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2023 11:03
0

ރިޔާސީ އިންތިޚާބަށް އެންމެ ވަރުގަދައަށް ކެމްޕޭނެއް ކުރެއްވި އެއް ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނަށް ވުރެވެސް މަދުން ވޯޓުލިބި ލަދުވެތި ނަތީޖާއަކުން އިންތިޚާބު ނިންމާލަން ޖެހިއްޖެއެވެ.

ރިޔާސީ ޓިކެޓާއި ހަވާލުވުމަށްފަހު ނާޒިމް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކަކަށް ވަޑައިގެން ވަރުގަދަ ކެމްޕޭނެއް ކުރައްވާފައެވެ. ނާޒިމްގެ ކެމްޕޭން ޕޯސްޓަރުތަކާއި، ބެނާތައް ކޮންމެ ރަށެއްގައިހެން ހުރިތަން ފެނުނެވެ. ޖަލްސާތަކާއި އެއްވުންތައް ނާޒިމް ވަނީ ރަށްރަށުގައި ކުރިއަށް ގެންގޮސްފައެވެ.

އަދި ފުރަމާލޭގައިވެސް ނާޒިމްގެ ވަރުގަދަ ޖަގަހައާއި، މަގުތަކުގައި ދަމާފައިވާ ބެނާތައްވެސް ބޮޑު ދެޕާޓީއާއި އަޅާބަލާއިރު މަދެއްވެސް ނޫނެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ މިރޭ ނިމިގެންދިޔައިރު ފެނިގެންދިޔައީ ވަރަށްވެސް އާދަޔާއި ޚިލާފް ނަތީޖާއެކެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10،000 މެމްބަރުންނަށް ވުރެ މަތީގައި އޮތް ނާޒިމް އަށް އިންތިޚާބުގައި ލިބުނު ވޯޓުގެ އަދަދު 2،000 އަށްވެސް ނާރައެވެ.

ނާޒިމަށްވުރެ ގިނައިން ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ހަމަނުވެގެން އިލެކްޝަނުން އުވާލި އެމްއާރުއެމްގެ ރައީސް އަދި މިއިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން ވަނީ ހޯއްދަވާފައެވެ. ފާރިސްވަނީ މިއިންތިޚާބުގައި 2،800 އަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ.

ނާޒިމްއަށް މިއިންތިޚާބުގައި ލިބުނު ވޯޓަކީ ނިސްބަތުން މަދު އަދަދެކެވެ. އިންތިޚާބުގެ 7 ވަނަ ނާޒިމަށް ލިބޭއިރު ނާޒިމަށް ލިބުނީ އިންސައްތައިން ނަމަ، 0.84 އިންސައްތަ ވޯޓެވެ. ފާރިސް އަށް ވަނީ 1.35 އިންސައްތަ ވޯޓު ލިބިފައެވެ. މިއީ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު ވަރަށް މަދު އަދަދެއްގެ ވޯޓެވެ. މިއިންތިޚާބުގެ އެންމެ ފުލަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރެއްވި ޒަމީލެވެ. އޭނާއަށް ލިބުނީ 331 ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޑ ޑީޑީ
މަބުނިގޮތައް ކަން ަބެހެއްޓިނަމަބަލިނުވީސް