ކޮވިޑް-19: އިތުރު 15 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19: އިތުރު 15 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
07 ޑިސެމްބަރ 2020 10:01
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 15 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް ޕޮޒިޓީވްވި 15 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 14 މީހުންނާއި، އަތޮޅުުތަކުގެ ރަށްތަކުން ޕޮޒިޓިވްވި މީހަކާއި، އަތޮޅު ތެރެެއިން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،213 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 116 މީހެކެވެ. އެހެންކަމުން މިހާރު ރާއްޖެއިން މިބަލިން 12،437 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވެ 722 މީހަކަށް ފަރުވާދެމުން އަންނައިރު އޭގެތެރެއިން 70 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޮޓަލިގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރު ނެގި 1731 ސާމްޕަލާއެކު ޖުމްލަ 257،648 ސާމްޕަލެއް ނަގާފައިވެއެވެ. މިހާތަނަށް 47 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.