ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގައި ވެރިކަން ކުރާނެ ވެރިއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްލަ 8 ކެނޑިޑޭޓުން ބައިވެރިވެއެވެ. މިއީ މި އިންތިޚާބު ހާއްސަވާ އެއް ސަބަބުވެސް މެއެވެ. 2008 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްވި މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ކެނޑިޑޭތުން ވާދަކުރާ ރިޔާސީ އިންތިޚާބެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން:
• ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / ޢުމަރު ނަޞީރު
• ކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލް
• ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)
• ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު
• ކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމް
• ކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / ފާރިސް މައުމޫން
• ކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)
• ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލި ބިފައިވަނީ 282،395 މީހަކަށެވެ. އޭގެތެރޭގައި މުޅިން އަލަށް ވޯޓުލެވޭ 27,006 ޒުވާނުން ހިމެނެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި ބަހައްޓައެވެ. އެއީ މާލެ ސަރަހައްދުގައި 176 ފޮއްޓާއި އަތޮޅު ތެރޭގައި ރަށްރަށުގައި 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި 8 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި 6 ފޮއްޓެވެ.
އިންތިޚާބުގެ ދެވަނަބުރަކަށް ވޯޓްލާންޖެހޭ ހާލަތެއްގައި، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިޚާބާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ޚަބަރުތައް، ވޯޓުލާދުވަހުގެ އެކިއެކި ހަރަކާތްތައް އަދި ވޯޓުލުމާއި ވޯޓުގުނުން ކުރިއަށްދާގޮތް، އިންތިޚާބުގެ ނަތީޖާ އިއުލާންކޮށް ނިމުމާއި ހަމައަށް އަޅުގަނޑުމެންގެ ލައިވް ބްލޮގުން ތިބޭފުޅުންނާއި ހަމައަށް ގެނެސްދެމުން ދާނަމެވެ.
























































ކޮމެންޓު ފޮނުވާ