"ޖޭ" ޓީވީއާއިއެކީ މީޑިޔާގެ ހަމަހަމަކަން ގެންނާނަން: ޖާބިރު

"ޖޭ" ޓީވީއާއިއެކީ މީޑިޔާގެ ހަމަހަމަކަން ގެންނާނަން: ޖާބިރު

Author
މުޙައްމަދު ޝަޒައިމް
07 ޑިސެމްބަރ 2020 03:05
0

ވަރަށް އަވަހަށް އަމިއްލަ ޓީވީ ޗެނަލެއް އުފައްދައި، މިނިވަންކަމާއި ހަމަހަމަ ކަމާއިއެކު ފުރުސަތު ލިބޭނެ ޗެނަލަކަށް އެ ޗެނަލް ހައްދަވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ޗެއާމަން އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ޗެނަލް-13 އާއި ގުޅޭގޮތުން ހުށަހެޅުނު ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެއް ފެންނަނީ ވަކީ މީހަކަށް ޚާއްސަކޮށް، ވަކި މީހެއްގެ ޕްރޮޕެގެންޑާ ފަތުރުމަށް ޗެނަލްތައް ހިންގާ މަންޒަރުކަމަށެވެ. އެޗެނަލް ތަކުން ފުރުސަތު ލިބެނީވެސް އެޗެނަލެއްގެ ވެރިޔަކު ބޭނުންވާ މީހުންނަށް އެކަނިކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި "ޖޭ" ޓީވީގެ ނަމުގައި ޓީވީ ޗެނަލެއް އުފައްދަވައި، ރައީސް ޞާލިހާއި، ސިޔާސީ އެހެން ބޭފުޅުންނަށްވެސް ހަމަހަމަ ފުރުސަތު ލިބޭނެ ގޮތަކަށް ފުރުސަތު ފަހިކޮށްދެއްވާނެކަމަށެވެ. އަދި މިހާރު ރާއްޖޭގައި އޮތް މީޑިޔާގެ ތަފާތުކުރުން ނައްތާލައި، މީޑީޔާގެ މިނިވަންކަން ގާއިމްކޮށްދެއްވާނެކަމަށެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ މީޑިޔާތައް ޒަމާނުއްސުރެއް އޮޕަރޭޓް ކުރަމުންދަނީ ވަކި މީހެއްގެ ސިޔާސީ އެޖެންޑާއެއް ހާސިލް ކުރުމަށްކަމަށެވެ. އެކަން އެނޫން ގޮތަކަށް ބަދަލުވެގެން ނޫނީ ރާއްޖޭގެ މީޑިޔާގެ މިނިވަންކަން ގާއިމް ނުވާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.