އިންތިހާބާ ގުޅިގެން ހައިކޯޓަށް ޝަކުވާ ހުށައެޅުމަށް ފަސޭހަ އިންތިޒާމެއް

އިންތިހާބާ ގުޅިގެން ހައިކޯޓަށް ޝަކުވާ ހުށައެޅުމަށް ފަސޭހަ އިންތިޒާމެއް

ގުޅުންހުރި

ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހަޅަން ފަސޭހަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ހައިކޯޓުން ނިންމައިިފިއެވެ.

އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގެ ދަށުން އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސޯސް ލިބިގެންވަނީ ހައިކޯޓަށެވެ. އެހެންކަމުން އިންތިހާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ މީހުންނަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

އެގޮތުން މި މަހުގެ ނުވަވަނަ ދުވަހާއި 10 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ. އަދި މި މަހުގެ 11 އިން ފެށިގެން އިންތިހާބީ ޝަކުވާގެ މައްސަލަ ހުށަހެޅުމަށް އޮތް މުއްދަތު ހަމަވާންދެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ބަހައްޓާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އިންތިހާބީ ޝަކުވާތައް އޮންލައިންކޮށް ހުށަޅުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ހައި ކޯޓުގެ އީމެއިލް registration@highcourt.gov.mv އަށް އީމެއިލް ކުރެވޭ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

ހައިކޯޓު ހުޅުވާފައި ހުންނަ ރަސްމީ ގަޑި ފިޔަވައި އެހެން ގަޑިއެއްގައި މައްސަލައެއް ހުށަހަޅާ ނަމަ، ނުވަތަ މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ ހައިކޯޓުގެ ފޯނު ނަންބަރަށް 7902206 ގުޅައިގެން އެކަން ކުރެވޭނެ ކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.

އިންތިހާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. މިމުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބީ ހުރިހާ މައްސަލައެއް ބަލާ ނިންމަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ