އައިއޯއަޖީގައި ދިވެހި އެތުލީޓުން ހޯދި ކާމިޔާބަށް ފަޚުރުވެރިކަން: ޕީޕީއެމް

އައިއޯއަޖީގައި ދިވެހި އެތުލީޓުން ހޯދި ކާމިޔާބަށް ފަޚުރުވެރިކަން: ޕީޕީއެމް

ގުޅުންހުރި

ސެޕްޓެމްބަރު 3 ވަނަ ދުވަހު މަޑަގަސްކަރައިގައި ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހިރާއްޖެއިން ހޯދީ ފުރިހަމަ ކާމިޔާބީ ފާހަގަކޮށް އެކަމުގެ އުފަލުގައި ދިވެހި ކުޅިވަރު ޢާއިލާއަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަރުޚަބާ ދަންނަވައިފިއެވެ.

އެކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ޢަބްދުލްޤައްޔުމާއި، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު، ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލާޠީފް، ކޯލިޝަންގެ ލީޑަރޝިޕް، ސެނެޓް، ދާއިރާ ރައީސުން، ސްޓިއަރިން ކޮމިޓީ ތަކާއި އެންމެހާ ގުނަވަންތައް އަދި ޢާންމު މެންބަރުންގެ ނަމުގައި ތަހުނިޔާއާއި މުބާރަކް ބާދީ ރައްދުކުރާކަމަށެވެ.

މުބާރާތުގައި ވާދަކުރި ކުޅިވަރުތަކުން 5 ރަން މެޑަލްއާއެކު ޖުމްލަ 28 މެޑަލް ހޯދާފައިވަނީ، ވަރަށް ގިނަ ބައެއްގެ ވަރަށްވެސް ގިނަ ވަގުތާއި ބުރަ މަސައްކަތުންކަން ޤަބޫލު ކުރާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން ކުޅިވަރުތަކުން ޤައުމަށް ހޯއްދަވައިދެއްވި ފުރިހަމަ ކާމިޔާބީގެ ފަހަތުގައި މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތައް ހިމެނޭހެން ކުޅުންތެރިންނާއި ކޯޗުންނާއި ޓެކްނިކަލް ސްޓާފުން، އެސޯސިއޭޝަންތައް އަދި ބެލެނިވެރިންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބުރަ މަސައްކަތުގެ އަގު އެކޯލިޝަނުން ވަޒަންކުރާކަމަށް ވަނީ ބުނެފައެވެ.

އަދި މިކާމިޔާބީއަށް ވާސިލުވުމަށްޓަކައި ދިވެހި ކުޅުންތެރިންނަށް މަސައްކަތްކޮށްދެއްވައި ހިތްވަރު ދެއްވައި، އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެދެނީ ދިވެހި ކުޅިވަރަށް އިތުރު ތަރައްޤީއާއި ކުރިއެރުމާއި، އަދި ދިވެހި ކުޅިވަރަށް އިތުރު ތަރައްޤީއާއި ކުރިއެރުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއްގައި ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ