ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ގޮސްފިނަމަ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދު އަރުއްވާނީ އެމްޑީޕީގެ ކޮޅަށް ކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ކެމްޕެއިން ދަތުރެއްގައި ގއ. ވިިލިނގިއްޔަށް ވަޑައިގެން ބޭއްވެވި ޖަލްސާއެއްގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އިންތިހާބުން އެއްވަނަ ހޯއްދަވާނީ އޭނާކަން ޔަގީންކުރައްވާ ކަމަށާއި ނަމަވެސް އެހެން ނުވެ، އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީ ދެވަނަ ބުރަށް ދާ ހާލަތެއްގައި ނަޝީދާއި ދަ ޑިމޮކްރެޓްސް ތިބޭނީ އެމްޑީޕީއާ އެކު ކަމަށެވެ.
100 އަކުން 100، އެމްޑީޕީ ކޮޅަށް ޖެހޭނީ. އޭނާ އެ ޖަހަނީ ޗައްކަރެއް، އެނގިއްޖެ؟ ރައީސް ނަޝީދު އެ ޖަހަނީ ބޮޑު ޗައްކަރެއް. ދިވެހިންގެ ބޮލުގައި ކުރީގައި އެޅުވިހެން، އަނެއް ދިވެހިރާއްޖެއަށް ދިއުމުގެ ވިސްނުމެއް ނަޝީދުގެ ނުކެނޑޭނެ. އޭނާއަކަށް ނޯންނާނެ ދެވޭކަށް އެހެން ކޮޅަކަށް. އެ އުޅެނީ އެމްޑީޕީ އަށް ސަޕޯޓު ނުކުރާ މީހުންގެ ވޯޓު ހޯދައިގެން، ބައެއް ނަގައިގެން ގޮސް އޭގެ ތެރެއަށް ވަންނަން. މި ނޫން އެހެން ގޮތަކަށް މިކަމެއް ނުނިމޭނެ.
– ގާސިމް ވިދާޅުވިއެވެ.
ދެވަނަ ބުރަކަށް ގޮސްފި ނަމަ، އެމްޑީޕީ ފަހަތަށް ނާރާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެއީ ގަބޫލު ކުރެވޭ ވަރުގެ ވާހަކައެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވި ގޮތުގައި ނަޝީދަކީ އޭނާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ.
އޭނާ (ނަޝީދު) ނޫނެކޭ ބުނެފިއްޔާ އެކަމެއް ކުރައްވާނެ. ޝައްކެއް ނެތް. މިހާ ހިސާބަށް އައިއިރު އަދި ނެތް އެ ނޫން ގޮތަކަށް މިކަންވެފައި.
– ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާ މިހާތަނަށް އަދާކުރެއްވި ކޮންމެ މަގާމެއް ވެސް އަދާކުރެއްވީ ގައުމުގެ އިސްލާހަށްޓަކައި ކަމަށެވެ. އަދި އޭނާ އަށް ސަރުކާރުތަކުން އަނިޔާ ދެމުން ދަނީ އިސްލާހަށްޓަކައި މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާތީ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ރައީސް ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުން ކަނޑާލައްވައި އެމްޑީޕީއާ ފެއަށް ޖެހިވަޑައިގަންނަވަން ފެއްޓެވި ހިސާބުން ފެށިގެން ގެންދަވަނީ ޕީޕީއެމްއަށް ތާއީދު ކުރައްވައި ވާހަކަދައްކަވަމުންނެވެ. މި އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ޖަލުގައި ހުންނެވި ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ނަޝީދު ފަހަކަށް އައިސް ގޮވާއްލަވަމުން ގެންދަވައެވެ.
One Response
ނަސީދުއަކީ ހަމަނަސީދު ސޯލީދެމީހުންނަކީ ބޮޑުދެމަކަރުވެރިން