މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ނިންމައި އެނިންމުން ތަންފީޒު ކޮށް ދެއްވުމަށް އެދި މިދިޔަ މަހު ރައީސް ޞާލިހަށް ސިޓީއަކުން ދަންނަވާފައިވަކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން މިމައްސަލާގައި ދައުރު ނިމިގެންދާއިރުވެސް ގޮތެއް ނިމިފައިނުވާތީ ގިނަ ކަންބޮޑުވަންތަކެއް ހިއްސާ ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަމުގައި ޚާއްސަކޮށް ރައީސް ޞާލިހުގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ ވަޒީރަކު މަޖިލީހުން ވަކި ކުރުމުގެ ކުރިން ރައީސަށް ނުދަންނަވައި އެކަން ކުރުމަކީ އެމްޑީޕީން ގަބޫލު ކުރާ ކަމެއް ނޫންކަމަށެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ އިތުބާތު ނެތްކަމަށް މަލީހުގެ މައްޗަށް ފާސްކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައީސަށް ސިޓީއަކުން ދަންނަވާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އުންމީދު ކުރަނީ ދައުރު ނިންމާލުމަށްފަހު އަލުން އަންނަ އިރު މިމައްސަލާގައި ރައީސް ކޮންމެވެސް ގޮތެއް ނިންމަވާނެކަމަށެވެ. އާޒިމް ވިދާޅުވީ މިސަރުކަރަކީ އެމްޑީޕީގެ ސަރުކާރެއް ނޫންކަމަށްވިޔަސް ރައީސަކަށް ހުންނެވީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވެފައިވާ ރައީސެއްކަމަށް ވިދާޅުވެއެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވެއްދުމާއި ގުޅިގެން މަލީހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ޤާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ. މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެެވެ. މަލީހުގެ އުތުބާރެ ނެތެކްމަށް ފާސްކޮށް ރައީސް ސާލިހުހަށް ދެންނެވުނަށް ނިންމާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގައެވެ.
ކޮމެންޓު ފޮނުވާ