އެހެން ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ އިސްރާފެއް: ރައީސް

އެހެން ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ އިސްރާފެއް: ރައީސް

Author
އައިޝަތު އަޙްމަދު
05 ސެޕްޓެމްބަރ 2023 11:42
0

ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ އެންމެ ގާތުން ވާދަކުރައްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުކަމށާއި، ދެން ތިއްބެވި ކެންޑިޑޭޓުންނަށް ލާ ވޯޓަކީ ބޭކާރު ވޯޓެއްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރ.މާކުރަތަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓު ދެއްވާއިރު، 2013އިން 2018 ކުރިއަށް ދިޔަ ދައުރުގެ ކަންކަން ހަނދާންކުރަން ޖެހޭކަމަށެވެ. އެއީ އަނިޔާވެރި ދުވަސްތަކެއްކަމށް ސިފަކުރައްވާ ރައީސް ވަނީ އެ ދުވަސްތައް ދިވެހިން އަލުން ބޭނުންނުވާކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާ އެންމެ ކައިރިން ވާދަކުރައްވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުކަމަށެވެ. އިންތިޚާބުގައި ވާދަކުރައްވާން ދެން ތިއްބެވި ކެންޑިޑޭޓުންނަށް ތާޢީދު އޮތްނެތް މިންވަރު ރަށްރަށުން ފެނިވަޑައިގަންނަވާކަމށާއި، އެއިން ކޮންމެ ކެންޑިޑޭޓަކަށް ދެއްވާ ވޯޓަކީ އިސްރާފެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ އެއްވެސް ނަތީޖާއެއް ނުނިކުންނާނެ ވޯޓެއްކަމަށްވެސް ރައީސް ސިފަކުރެއްވިއެވެ.

ރަށްރަށް އެރީމަ ފެނޭ ތާޢީދު އޮތް މިންވަރާ ނެތް މިންވަރު. ދެން ތިއްބެވި ކޮންމެ ކެންޑިޑޭޓަކަށް ތިއިން ކޮންމެ ބޭފުޅަކު ވޯޓު ދެއްވައިފިނަމަ އެއީ އިސްރާފެއް. އެއިން ނިކުންނާނެ ނަތީޖާއެއް ނެތް. ތިބޭފުޅުންގެ ވޯޓު ނަމަނަމަ އިސްރާފު ނުކުރައްވައްޗޭ. މި އިންތިޚާބުގައި މިނޫން އެހެން ގޮތެއް ނެތް. އެމްޑީޕީއަށް ވޯޓު ދިނުން ނޫން ގޮތެއް ނެތް.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އިންތިޚާބުގައި އޮތް ހަމައެކަނި "ޗޮއިސް"އަކީ އެމަނިކުފާނަށް ވޯޓު ދެއްވުންކަމަށެވެ. އެމަނިކުފާނުގެ މެނިފެސްޓޯއަކީ އެންމެ ފުރިހަމަ މެނިފެސްޓޯކަމަށާއި، އެމަނިކުފާނު ދެވަނަ ދައުރަކަށް ވަޑައިގަންނަވަނީ މުޅި ރާއްޖެ ބަދަލުކޮށްލުމަށްކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދައުރު ލިބިެއްޖެނަމަ މުޅި ރާއްޖެ ފެންނަނީ އައު ޒަމާނަކުންކަމަށާއި، އެއީ އުފާވެރި އަމާން ރާއްޖެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސިޔާސަތުތައް މެނިފެސްޓޯއިން ފެންނާނެކަމަށާއި، ރާއްޖޭގެ މުސްތަޤްބަލާ ކުރިއެރުމަށާއި، މުޅި ރާއްޖެއަށް ހެޔޮ ބަދަލެއް ގެންނަވާނެކަމަށް.
ރާއްޖެ ފެންނނީ މުޅިން އައު ޒަމާނަކުންކަމަށާިއ،އ ެއީ އުފާވެރި އަމާން ރާއްޖެކަމަށެވެ.

ރާއްޖެ ތަރައްޤީވާނީ ހުރިހ ާރަށެއްގައި އަސާސީ ޚިުމަތާ ވިޔަފާރި ކުރިއަރުވައި ދަތުރުފަތުރުން ގުޅާލުމުންކަމށް.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
އެއްމެބޮޑުއިސްރާފަކީ މޑޕ އށް ދޭވޯޓުކަން ހަދާން ކުރާތި އަދިމިނިވަންކަމަޒް ެސް އެޅޭ ހުރަހެން