އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސި ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް އއ.މަތިވެރިން ޙަމަލާދޭން މަސައްކަތްކޮށްފިއެވެ.
މިއަދު ހެނދުނު ޑރ.މުޙައްމަދު މުޢިއްޒު މަތިވެރިއަށް ވަޑައިގެން ސަޕޯޓަރުންނާއި ސަލާމް ކުރައްވަމުން ގެންދަވަނިކޮށް، ދެ ޒުވާނަކު އައިސް ޑރ.މުޢިއްޒުއަށް ހަމަލާދޭން މަސައްކަތްކުރެއެވެ. މިއާއެކު މުޢިއްޒުގެ ސެކިއުރިޓީންނާ މުޢިއްޒުއަށް ހިމާޔަތްދެއެވެ. އަދި ޕީޕީއެމް ޕީއެންސީ ސަޕޯޓަރުންނާއި ފުލުހުން އެ މީހުން ހިފަހައްޓާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުއިއްޒު އއ.މަތިވެރިއަށް ވަޑައިގެން އުޅުއްވަނިކޮށް އެމަނިކުފާނަށް ހަމަލާދޭން ދެމީހަކު މަސައްކަތްކޮށްފި. pic.twitter.com/nXQ1cEQQsA
— Nahil Ahmed (@naaahiil) September 5, 2023
މަތިވެރިން ޑރ.މުޢިއްޒުއަށް ހަމަލާދޭން މަސައްކަތްކުރިއިރު، މި އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރަށްވެސް މީގެ ކުރިން ވަނީ ހަމަލާ ދީފައެވެ. އަދި މަރުގެ އިންޒާރުވެސް ދީފައިވެއެވެ. މީގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށްވެސް މަރުގެ އިންޒާރު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ