ޔުކްރޭއިން ބަލިކޮށް ފްރާންސްއިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ރޭ ކުޅެވުނު ބައިނަލްއަގުވާމީ މެޗުގެ ޔޫކްރެއިންގެ މައްޗަށް ފްރާންސްއިން ކުރި ހޯދީ 7-1 ލަނޑުނެވެ. މެޗުގައި ފްރާންސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޖިރޫޑް ދެ ލަނޑު ކާމިޔާބުކޮއްދިން އިރު އިތުރު ލަނޑުތައް ކާމިޔާބުކޮއްދިނީ ކަމަވިންގާ، މައިކޮލެންކޯ، ކޮރެންޓިން ޓޮލީސިޔޯ، ކައިލަން އެމްބާޕޭގެ އިތުރުން އެންޓޮނީ ގްރީޒްމަންނެވެ.
މިމެޗުގައި ލަނޑުޖެހި އުމުރުން 17 އަހަރު ފްރާންސް ކުޅުންތެރިޔާ އެޑްވާޑޯ ކަމަވިންގާ ވަނީ 1914 ވަނަ އަހަރުފަހުން އެޓީމަށް ލަނޑުޖަހައިދިން އެންމެ ޒުވާންކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. އޭނާ ގައުމީޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ޖެހިލަނޑާއެކު ވެފަވަނީ ގައުމީ ޓީމަށް ލަނޑުޖަހައިދިން ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
ފްރާންސްގެ ފޯވާޑް އޮލިވަ ޖުރޫޑް ގައުމީޓީމަށް ކުޅުނު 100 ވަނަމެޗުގައި ވަނީ ކުރީގެ ކުޅުންތެރިޔާ މިޝޭލް ޕްލެޓްނީގެ ރެކޯޑު މުގުރާލާފައެވެ. ރޭގަ ޖިރޫޑް ޖެހި ދެލަނޑާއެކު އޭނާ ވެގެން ގޮސްފަވަނީ ފްރާންސްގެ ގައުމީޓީމަށް ދެވަނަ އަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށެވެ. ޕްލެޓްނީ ޖެހި 41 ލަނޑުގެ ރެކޯޑް މުގުރާލާ ޖިރޫޑް ދެވަނައަށް އެރިއިރު އެއްވަނައިގަވާ ތިއަރީ އޮންރީގެ ރެކޯޑް މުގުރާލަން ޖިރޫޑް އަށް ބޭނުވަނީ ބާކީ ނުވަލަނޑެވެ.
މިއީ ޔުކްރެއިންގެ ތާރީހުގައި އެޓީމުގެ އެންމެ ބޮޑުބައްޔެވެ. މިހާރު އެޓީމުގެ ކޯޗަކީ އެސީމިލާނާއި ޗެލްސީގެ ކުރީގެ ޔުކްރެއިން ފޯވާޑް އަންދްރޭ ޗެވްޗެންކޯއެވެ.