ދެން އުފެދޭ ސަރުކާރެއްގައި ކުޅުދުއްފުށީގެ ހިއްސާ ބޮޑުވާނެ: ރައީސް

ދެން އުފެދޭ ސަރުކާރެއްގައި ކުޅުދުއްފުށީގެ ހިއްސާ ބޮޑުވާނެ: ރައީސް

Author
އައިޝަތު އަޙްމަދު
04 ސެޕްޓެމްބަރ 2023 10:15
0

ދެން އުފެދޭ ސަރުކާރެއްގައި ކުޅުދުއްފުށީގެ ހިއްސާ ބޮޑުކޮށް އޮންނާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި މިހާޜު ކުރިއަށްދާ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅުދުއްފުއްޓަކީ އުތުރުގެ މައި ރަށްކަމަށާއި، މިއީ އެންމެ އާބާދީ ބޮޑު ރަށްކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ދެން އުފައްދާ ސަރުކާރެއްގައި ކުޅުދުއްފުށީގެ ހިއްސާ ބޮޑުކޮށް އޮންނާނެކަމަށެވެ. އެކަމާ ޝައްކު ނުކުރެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ ބޮޑުތިލަދުންމަތި ތަރައްޤީވާނީ ކުޅުދުއްފުށި ތަރައްޤީވެގެންކަމަށާއި، އެކަމަށް މަޝްރޫޢުތަކެއް އެބަހުރިކަމަށެވެ. އެ ސިޓީ އެމަނިކުފާނުގެ ސަރުކާރުގައި އުތުރުގެ މައި ހަބަށް ހައްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުޥީ ބޮޑުތިލަދުންމަތީގެ 40 ރަށަށާއި، 1 ސިޓީއަށް މިހާތަަނށް ވަޑައިގެންވިއްޖެކަމަށާއި، މުޅިންވެސް ފެނިވަޑައިގަތީ އެމަނިކުފާނު ގެނެސްދެއްވި ތަރައްޤީކަމށާއި، ރައްޔިތުން ބޭނުންވަނީ އެއްބުރުން އެމަނިކުފާނު އިންތިޚާބުކުރެއްވުމަށްކަމަށެވެ.

މި މަންޒަރަކީ މި 5 އަހަރު ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތް. އަޅުގަނޑުމެން މާޒީގައި ދުށް އަނިޔާވެރިކަމާ އަނދިރީގެ ތެރެއަށް ދާން ބޭނުން ނުވާމުގެ ހެއްކެއް. އަޅުގަނޑުމެން އަދިވެސް ބޭނުންވަނީ މިތަރައްޤީއާއިގެން ކުރިއަށް ދާން.

– ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އުތުރުގެ ރަށްރަކުގެ ރައްޔިތުންނަކީ ފުދުންތެރި ރައްޔިތެއް ދިރިއުޅު ސަރަހައްދެއްކަމަށާއި، ނަމަވެސް ކުރީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދިރުން ހުއްޓި އީޤްތިޞާދު މަޑުޖެހުނުކަމަށެވެ. އިޖްތިމާއީ އެތައް މައްސަލަތަކެއް އެސަރަަހައްދުގައި އުފެދުނުކަމަށާއި، ޚިދުމަތް ހޯދަން ރައްޔިތުންނަށް މާލެ ދާންޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ގަސްތުގައި ކުރީ ސަރުކާރުތަކުން ކުރިކަމެއްކަމަށާއި، އެއީ ސަރުކާރުތަކުގެ ބާރުގެ ދަށުގައި ބަނދެލަން ކުރިކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެދަތި އުނދަގުލުގައިވެސް ކުޅުދުއްފުށީ ރައްޔިތުން ހިތްވަރާއެކު މަސައްކަތްކޮށް ބޮޑު ބަދަލެއް ގެންނެވިކަމަށެވެ.  ރައީސް ވިދާޅުވީ ކުޅުދުއްފުށްޓަށް ބޮޑު ބަދަލެއް ގެންނަވާނެކަމަށާއި، ކަޅުއަނދިރީގައި އޮތް ސަފްހާތަށް މާޒީއަށް ދޫކޮށް، އަނެއްކާވެސް އުފާވެރި އަމާން ރާއްޖެ އެ ސިޓީއާއިި އަތޮޅަށް ގެނައުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.