އަޅުގަނޑު ކައިރީގައި ފަތިގަނޑު ފިރުކާ ލެވޭނެ ކެންޑިޑޭޓަކުވެސް ނެތް: ގާސިމް

އަޅުގަނޑު ކައިރީގައި ފަތިގަނޑު ފިރުކާ ލެވޭނެ ކެންޑިޑޭޓަކުވެސް ނެތް: ގާސިމް

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓޫންގެ ތެރޭގައި އެ މަނިކުފާނާ ފަތިގަނޑު ފިރުކާ ލެވޭނެ ކެންޑިޑޭޓަކު ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ގާސިމް ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ތެރޭގައި އައި ސަރުކާރުތަކުން ވަރަށް ރީތި ވާހަކަ ދައްކައި، މަޝްރޫއުތައް ހިންގާނެ ކަމަށް ވައުދުވާ ކަމަށެވެ. އެކަމަކު، ރައްޔިތުންގެ ޖީބަށް ފައިސާ އިތުރުވެ، ވަޒީފާއެއް ހޯދައި ދެވިފައި ނުވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރިއަށް ގެންދަން ބޭނުން ވާނަމަ، އިސްލާހު ކުރަން ބޭނުންކަމުގައި ވާނަމަ، މިނިވަންކަން ދަމަހައްޓަން ބޭނުންވާ ވާނަމަ، އިސްލާމްދީނާއި އަޅުގަނޑުމެންގެ ގައުމިއްޔަތާއި އަހުލާގު ދަމަހައްޓަން ބޭނުންވާނަމަ، ދަރަނީގެ ދަންތުރައިން ސަލާމަތް ކުރަން ބޭނުން ވާނަމަ އޭނާ އަށް ވޯޓު ދެއްވުމަށް ގާސިމް އެދިވަޑައިގަތެވެ.

މި ވާހަކަ އަޑުއައްސަވާފައި ވޯޓު ނުލައްވައި ދޫކޮށްލެއްވީމާ ދެން އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އަޅުގަނޑު ދަންނަވާނީ ކެންޑިޑޭޓު ނަންބަރު ފަހަކަށް ވޯޓު ދޭށޭ. އަޅުގަނޑު އެމްޑީޕީ އަށް ދެ ފަހަރު އަދި ޕީޕީއެމަށް އެއް ފަހަރު ވެރިކަން ހޯދައި ދިނިން. އެކަމަކު، ވީ ފެއިލް.

– ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ފެންނަމުންމިދަނީ ވެރިކަން ކުރަން ނޭނގޭ މީހުންނާ ވެރިކަން ހަވާލުކުރީމާ ވާގޮތް ކަމަށެވެ. އެމަނިކުފާނަކީ ޓެސްޓެޑް އެންޑް ޕްރޫވަން ޕްރޮޑަކްޓެއް ކަމަށް ބޭފުޅުން ވިދާޅުވާ ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމްވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ އައްޑޫއަށް ރޯޝަނީކަން ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އެކަމަށް ކުރިމަތިލެއްވީ ގައުމު ސަލާމަތް ކުރެއްވުމުގެ ބޭނުމުގައި ކަމަށާއި އެއީ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވެ، އޭނާ ފިޔަވައި އިތުރު ކެންޑިޑޭޓަކަށް ވޯޓު ނުދެއްވުމަށް ވެސް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *