ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފުލުހުންގެ ބިލުން ފެނިގެންދަނީ އެމްޑީޕީގެ ތެރޭގައި ފުލުހުންނާއިމެދު އޮތް ޒާތީ ނަފްރަތުގައި ފުލުހުން ނިކަމެތިކޮށް ލަދު ގަންނަވާލާ މަންޒަރުކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފުލުހުންގެ ބިލުގައި ހުރި ކަންބޮޑުވުން ފާޅުކޮށް ޑރ.ޖަމީލު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕްގައި އެއްވެސް ބަޔަކަށް ރައްކާތެރިކަމެއް ނެތް ކަމުގައެވެ. މިއަދު ފެނިގެންދަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، މަސައްކަތް ތެރިންގެ ހައްގުތައް ނިގުޅައިގަނެ އަމިއްލަ މަންފާތައް ހާސިލް ކުރުމަށް ޤާނޫނުތައް ހެޔޮވަރު ކުރަމުންދާ މަންޒަރުކަމަށެވެ.
އެމްޑީޕީގެ ލީޑަޝިޕްގައި އެއްވެސް ބަޔަކަށް ރައްކާތެރިކަމެއް ނެތް. ފުލުހުންގެ ޤާނޫނުގެ އިޞްލާޙްތައް ޤާނޫނުއަސާސީއާ ފުށުއަރާ. ފުލުހުންނާ ޒާތީ ނަފްރަތު އޮވެ، ފުރުޞަތުގެ ބޭނުންކޮށް ފުލުހުން ނިކަމެތިކޮށް ލަދުގަންނަވާލަނީ!އިރާދަކުރެއްވިއްޔާ ފުލުހުންގެ ޙައްޤު އަޅުގަނޑުމެން ހޯދައިދޭނަން pic.twitter.com/RFW2htPVnC
— Mohamed Jameel Ahmed (@MJameelAhmed) December 7, 2020
މިބިލު ފާސްކޮށްފައިވާއިރު ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ތިން ހައްގެއް ފުލުހުންނަށް ހަނިވެގެން ދެއެވެ.
ފުލުހުންގެ ޚިދުމަތުގެ ބިލުން ފުލުހުންނަށް ހަނިކުރުމަށް ކޮމިޓީން ފާސްކުރި ތިން ހައްޤަކީ:
1- ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ ހައްގާއި،
2- ގާނޫނުއަސާސީގެ 31 ވަނަ މާއްދާއިން ލިބިދޭ އިހްތިޖާޖް ކުުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި، ހަޅުތާލުކުރުމުގެ ހައްޤާއި،
3- ގާނޫނުއަސާސީގެ 32 މާއްދާއިން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު
މި ތިން ހައްގު ފުލުހުންނަށް ހަނިކުރުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު މިއީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭ ހައްގުތަކެކެވެ.
ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާނެކަމަށެވެ. އަދި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިޙްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ޙައްޤު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް
މަސައްކަތްތެރީންނަށް ލިބިގެންވާކަމަށެވެ.
އަދި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދެނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެލިބިގެންވާކަމަށެވެ.
ކޮމެންޓު ފޮނުވާ