ބޭރުގެ ސިފައިންނަށް ޖާގަދީ، މިސަރުކާރުން ބޮޑުތަނުން ޤާނޫނު އަސާސީއާއި ޚިލާފް ވެއްޖެ: ޤާސިމް

ބޭރުގެ ސިފައިންނަށް ޖާގަދީ، މިސަރުކާރުން ބޮޑުތަނުން ޤާނޫނު އަސާސީއާއި ޚިލާފް ވެއްޖެ: ޤާސިމް

ރާއްޖޭގައި ބޭރު ޤައުމުތަކުގެ ސިފައިންނާއި، ބޭރުގެ ނުފޫޒު އިންތިހާއަށް ވަދެ ޤާނޫނު އަސާސީއާއި ބޮޑު ތަނުން ޚިލާފް ވެފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަހުސްގައި މިރޭ ރާއްޖޭގައި ތިބި ބޭރުގެ ސިފައިންނާއި ގުޅޭގޮތުން ކުރެވުނު ސުވާލުގައި ޤާސިމް ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އެކަން ގަބޫލު ނުކުރަން އުޅުނަސް އެއީ ހަގީގަތްކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބައެއް އަދި ތަނެއް ދޭނަމަ ދެވޭނީ މަޖިލީހުގެ ރުހުން އޮވެގެންކަމަށް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާއިރު އުތުރު ތިލަފަޅު އެއްބަސްވުމާއި، ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ އަހާވެސް ނުލާކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާނޫނާއި ޚިލާފަށް އުތުރު ތިލަފަޅު އެއްބަސްވުން ހެދީވެސް. މިސަރުކާރުން ވަނީ ޤާނޫނު އަސީއާއި ބޮޑު ތަނުން ޚިލާފްވެފަ. މޮރިޝަސް ބޮޑުވަޒިރަށް ފޮނުވި ސިޓީވެސް ހާމައެއް ނުކުރެ. މިނިވަންކަމައި އިސްތިގުލާލަށް ބުރޫއަރާ އެއްވެސް ކަަމަކަށް ޖާގަ ދީގެން ނުވާނެ.

– ޤާސިމް ވިދާޅުވިއެވެ.

މިސުވާލުގެ ޖަވާބުގައި ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގައި ބޭރުގެ އަސްކަރީ އެންމެ ސިފައިންގެ މީހަކުވެސް ނުހުންނާނެކަމަށެވެ. ވަރަށް ޔަގީންކަމާއިއެކު ދެތިން ފަހަރަށް ރައީސް ވަނީ ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ އަސްކަރީ ސިފައިން ނުތިބޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ތަމްރީން ތަކެއްގައި އެކި ޤައުމުތަކުގެ ސިފައިން ތިބުމަކީ މައްސަލައެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

މިސުވާލުގެ ޖަވާބުގައި ޑރ.މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ވަގުތުން ބާލާނެކަމަށެވެ. އެއްވެސް ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި ޖާގަ ދިނުމަކީ ޤައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއްކަން ފާހަގަކޮށް މުއިއްޒު ވަނީ އެޖާގަ ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި ބޭރު ޤައުމުތަކުގެ ސިފައިން ނުފޮނުވޭނަމަ، މިނިވަން ކަމުގެ ވާހަކަ ދައްކާނެ ކަމެއްނެތް ކަމަށެވެ. އެއްވެސް ޤައުމެއްގެ ސިފައިންނަށް ތިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *