ޤާސިމް ވިދާޅުވީ، ވެރިކަމަށް ކުރިމަތިލެއްވީ މަޖުބޫރީ ހާލަތެއްގައި ކަމަށް: ރައީސް

ޤާސިމް ވިދާޅުވީ، ވެރިކަމަށް ކުރިމަތިލެއްވީ މަޖުބޫރީ ހާލަތެއްގައި ކަމަށް: ރައީސް

Author
މުޙައްމަދު ޝަޒައިމް
02 ސެޕްޓެމްބަރ 2023 12:58
0

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެއްވީ މަޖުބޫރީ ހާލަތެއް ކުރިމަތިވުން ކަމުގައި ޤާސިމް ވިދާޅުވިކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޤާސިމަކީ މިސަރުކާރު ކޯލިޝަންގައި ހުންނަވައިގެން އިންތިޚާބުގައި ވާދަކުރައްވާ ރައީސް ޞާލިހާއި، މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންދާ ބޭފުޅެކެވެ. ޤާސިމް ވަނީ ރައީސް ޞާލިހަށް ރިޔާސީ ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ވިދާޅުވެފައެވެ.

ޤާސިމް މިފަދަ ގޮތަކަށް ވާހަކަ ދެއްކެވި ނަމަވެސް ރައީސް ޞާލިހާއި ޤާސިމާއި ދެމެދު ދެކުވުނު ވާހަތަކުގެ ތެރެއިންނ ބައެއް ވާހަތައް ރައީސް ޞާލިހު ވަނީ މިއަދު ރާއްޖެ ޓީވީގައި ހިއްސާ ކުރައްވާފައެވެ. ރައީސް ވިދާޅުވީ ގާސިމު ހުންނެވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް ގާސިމުގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ހިޔާލު ތަފާތުވުމެއްގެ ސަބަބުން މަޖުބޫރިވީ ކަމަށް ގާސިމު އެމަނިކުފާނު އަރިހުގައި ވިދާޅުވި ކަމަށް ރައީސް ވިދާޅުވިއެވެ.

ކައިރީގައި ތިއްބެވި ގާސިމަށް ލަފާ އަރުވާ ބޭފުޅުންގެ ވިސްނުން ތަފާތު ކަމަށް ވިދާޅުވި. އެހެންވީމާ މަޖުބޫރީ ހާލަތެއްގައޭ ތިމަންނަ މި ކުރިމަތިލަނީ. އެއީ ގާސިމު ވިދާޅުވާ ވާހަކައެއް.

– ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާއެކު ގާސިމު މަސައްކަތްކުރުމުގެ ފުރުސަތު ނުލިބުނީ ވަކި ހާއްސަ އެއްބަސްވުމަކަށް އެއްބަސް ނުވެވިގެން ނޫން ކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކާމެދު ގާސިމު ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ކުރިއަށް އޮންނެވި ދައުރުގައި ވެސް މަސައްކަތްކުރާނީ އެމްޑީޕީއާއެކު ކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން ކޯލިޝަން ސަރުކާރަކަށް އާނބަސް ދިނުމުން، އެ ނިންމުން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރެއްވީވެސް އެގޮތަށް ކަމަށެވެ. އަދިވެސް މަސައްކަތް ކުރައްވާނީ ރައްޔިތުން ހޮވާފައިވާ ވެރިކަން އެގޮތުގައި ދެމެހެއްޓެވުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ހިޔާލު ތަފާތުވުން ހުރި ނަމަވެސް މަސައްކަތަށް ހުރަސް ނޭޅުއްވުމަށް ރައީސް ވަނީ އެދިވަޑައިގަންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކޮމާ ކޯޅި
ގާތުގައި އުޅޭމީހުން ސޭޓުބެ ފެލާ ހުސްކޮއްލަން ލިބޭ ފުރުސަތުގެ ބޭނުންހިފާލަނީ
ވ ވ
މިހުންގެ ދަށުވެފާތިބޭމީހުންގެއަޅުން ވެރިކަމަންކުރިމަތިލާތަ އަހިވަކާޖެހި އަހިވަންފާވަނި ކެޔޮނިރަކުން އަލަގަހެން ފެޅިކަމެން އެގިގައެއް ނެތް