ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީތިއަލޮޖިކަލް ސަރވިސް އިން ބުނީ، ރާއްޖެއަށް މިއަދާ މާދަމާވެސް މޫދުން ގޯސްވާނެކަމަށާއި، ހޯމަ ދުވަހާއި ހަމައަށް ވިއްސާރަ ކުރިއަށްދާނެކަމަށެވެ. އަދި ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް މެޓު އޮފީހުން ބުންޏެވެ.
އެ އޮފީހުން ވަނީ 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ށ އަތޮޅުން ފެށިގެން ލ.އަތޮޅާއިހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެއީ ހެނދުނު 10:00 އިން ހަވީރު 14:00އާއި ހަމައަށެވެ. އެ ވަގުތުތަކުގައު ކުދި އުޅަނދުތައް ކަނޑުމައްޗަށް ނުނިކުތުމަށް ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
Torrential rain expected pic.twitter.com/3HaqDZ8G7G
— Maldives Meteorology (@MetMaldives) September 1, 2023
މޫސުން ގޯސް ވަގުތުތަކުގައި ފެންބޮޑުވެދާނެކަމަށް ލަފާކޮށް އެކަންކަމަށް ސަމާލުވުމަށްވެސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.