ހިންދޫ ދީން ފަތުރަން ރާއްޖެ އައި އިންޑިއާ މީހެއްގެ މައްސަލަ ބަލަނީ

ހިންދޫ ދީން ފަތުރަން ރާއްޖެ އައި އިންޑިއާ މީހެއްގެ މައްސަލަ ބަލަނީ

Author
މުޙައްމަދު ޝަޒައިމް
31 އޮގަސްޓް 2023 04:25
0

އިންޑިއާގެ ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ ދީން ފެތުރުމަށް ރާއްޖެ އައިސް މާލޭގައި އެއްވުމެއް ބާއްވަން ނިންމައި އެކަމުގެ އިޝްތިހާރު ކުރާ މައްސަލައެއް ފެންމަތިވުމުން އެކަން ބަލައި ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީ ފުލުހުންނަށް މިއަދު މައްސަލަ ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ހޮޓަލެއްގައި "ސްޕްރިޓުއަލް ހީލާ"ގެ ނަމުގައި، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އިޝްތިހާރުތަކުގައިވާ ގޮތުން، ޑރ. ގަނޭޝް ޑުބޭ ކިޔާ ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މާލޭގައި ބާއްވަން ވަނީ ނިންމައިފައެވެ. އެ ސެޝަންތައް ބާއްވާ ތަނެއް އިޝްތިހާރުތަކުގައި ބުނެފައެއް ނެތެވެ. ނަމަވެސް، ބުކިން ހައްދާނެ ނަންބަރާއި އަގު ވަނީ ޖަހައިފައެވެ. އޭނާ އާއި އިތުރު މީހަކު މާލެ އައިސް އިއްޔެ ޗެކިން ވީ ހެންވޭރުގައި ހުންނަ އުނިމާ ގްރޭންޑް ހޮޓަލަށެވެ.

އެ މައްސަލަ ފެންމަތިވި ފަހުން، އުނިމާ ގްރޭންޑް ހޮޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހޮޓަލަށް ޗެކިންވި ގެނޭޝް ޑުބޭ އާއި ނިމިޝާ ކިޔާ އިންޑިއާގެ ދެ މީހަކު އެ ހޮޓަލުގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން އެ މީހުން މިހާރު ޗެކް-އައުޓް ކޮށްފައިވާ ކަމަށެވެ. އެ މީހުން ފޭސްބުކް މެދުވެރިކޮށް، ޖަހާފައިވާ އިޝްތިހާރުތަކަކީ އެ ހޮޓަލާ އެއްވެސް ގުޅުމެއް ވާ އެއްޗެއް ނޫން ކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ. އެ މައްސަލާގައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ވެސް ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކޮއި
މިސަރުކާރަކީ ހިންދޫނުގެ ސަރުކާރެއް މިހާރުހުރި ޑިފެންސް މިނިސްޓަރަކީ ވެސް ހިނދޫދީނުގެ މިނިސްޓަރެއް މިސަރުކާރު ތަބާވަނީވެސް ހިންދޫދީނައް މީގެ ކުރިންވެސް މިކަހަލަ ހަރަކާތެއް ގަލޮޅުބޯޅަ ދަޑުގަވެސް ބޭއްވި އެކަން ހުއްޓުވަން ވެގެން ގަލޮޅު ބޯޅަދަޑަށް ވަންއިލްމް ވެރިން ތަކެއް ހިފާހައްޔަރު ކޮއް އެއިލްމުވެރިން މައްޗައް ޤައިރުޚާނޫނުގެ އަމަލުހިންކަމައް ބުނެ އެ އިލްމުވެރިން ޖަލައްލާފަވޭ މިފަހަރުވެ އެކަންރިޕޯޓް ކުރިމީހުން އަންނާނީ ކިހާވަރު ގެ ހުކުމެއްކަމެއްނުއެގ