ރާއްޖޭގެ ރަށްތައް ފެންމަތީގައި ހުރިހާ ދުވަހަކު ޕީޕީއެމްގެ ރައީސް އަދި ދިވެހިންގެ ހިތްތަކުގެ ރައީސް ޔާމީންގެ ނަންފުޅު ފޮހެވިގެން ނުދާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުހެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އޭދަފުށީގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު މިރޭ ބޭއްވި ޖަލްސާގައި ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިއިންތިޚާބުގައި މުޅި އެމްޑީޕީ ޖެހިލުންވަނީ ތަރައްޤީގެ ބާނީ ރައީސް ޔާމީނާއި މެދުކަަމަށެވެ. އެމަނިކުފާނަށް މިއިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތުވެސް ނުހައްގުން އަތުލައި، ޖަލުގައި ބާއްވައިގެން ކުރަމުންދާ އަނިޔާތަކަކީ ދިވެހި ރައްޔިތުން ހިތަކުން ފިލާ ނުދާނެ އަނިޔާތަކެއްކަަމަަށް އަދުރޭ ވިދާޅުވިއެވެ. އޭގެ ނަތީޖާ މިސަރުކާރަށް ފެނިގެންދާނީ މިފަހަރުގެ އިންތިޚާބު ކަމަށް އަދުރޭ ވިދާޅުވިއެވެ.
ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ރައީސް ޔާމީންގެ ނަންފުޅެއް މިޤައުމަކުން ނުފޮހެވޭނެ. މިޤައުމުގެ ރަށްތައް ފެންމަތީގައި ހުރިހާ ދުވަހަކު ރައީސް ޔާމީންގެ ނަންފުޅު މިޤައުމަކުން ނުފޮހެވޭނެ.
– އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން މިނިވަންކޮށް ޑރ.މުއިއްޒު ކުރައްވާނެ ވެރިކަމަކީ އަދުލުވެރި ވެރިމެއްކަމަށެވެ. އެވެރިކަމަކީ ރައީސް ޔާމީންގެ އިރުޝާދާއި ލަފާފުޅުގެ މަތީން ކުރައްވާނެ އިހުލާސްތެރި ވެރިކަމަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުމަށް މިސަރުކާރުން ހަދާ ކޮންމެ މަކަރަކަށް ވަރަށް ރަނގަޅަށް ހޭލާ ތިބިކަމަށް އަދުރޭ ވިދާޅުވިއެވެ.
މިއިންތިޚާބުގައި މަކަރާއި ހީލަތް ހަދާ އޮޅުވާލަން ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރާކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2018ގެ ރިޔާސީ އިންތިޚާބު ވަގަށް ނަގައިގެން ރައީސް ޔާމީނަށް ނުހައްގުން އަނިޔާދީގެން އުފަލުގައި ތިއްބެވި ނަމަވެސް ދެން އެފުރުސަތެއް ނުދެއްވާނެކަަށެވެ. އަދި މިއިންތިޚާބުގައި ހެދޭނެ އެއްވެސް މަކަރެއް އޮޅުވާލެވޭނެ އެއްވެސް އޮޅުވާލުމެއް ނޯންނާނެކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއިންތިޚާބު ކާމިޔާބު ކުރާނީ ރައްޔިތުންގެ ތަނަވަސް ތާއީދާއިއެކު އެއްބުރުން ކަމަށެވެ.